މިދިޔަ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ 26، އުނދަގޫވެގެން އުޅެނީ އޭނާ އަކީ އެއްވެސް ގޭންގަކާއި ގުޅުމެއް ނޯންނަ އަމިއްލަ ފަރުދަކަށް ވާތީ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.              
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ނުރައްކާތެރި ކުށްވެރިއެއް ކަމަށްވާ ގ.ކޯޒީ އިބްރާހިމް ޝަހުމް އާދަމް ހައްޔަރުކުރެވުމާއި ގުޅިގެން ޓީވީއެމަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ ރިޟްވާން ހޯދައި އޭނާގެ އާއިލާއާއި ހަވާލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އަދި ރިޟްވާން ހޯދަން އެހާ ފަސޭހަ ނުވާނެ ކަމަށާއި ރޭ ހައްޔަރު ކުރެވުނު ޝަހުމް އެހާ ފަސޭހައިން ހައްޔަރު ކުރެވުނީ އޭނާ އަކީ ބޮޑެތި ގޭންގުތަކާއި ގުޅުން އޮންނަ މީހަކަށް ވާތީ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު އުއްމީދުކުރަން ރިޟްވާން ހޯދާ އޭނާގެ އާއިލާއާ ހަވާލުކުރެވޭނެ ކަމަށް،" އުމަރު ވިދާޅުވި އެވެ. 
ރިޟްވާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ރޭ ހުޅުމާލެ ފެރީ ޓާމިނަލް ތެރެއިންނެވެ. ރިޟްވާން ހޯދުމަށް ފުލުހުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މާލެއާއި ހުޅުމާލޭގައި ހުރި ގިނަ އަދަދެެއްގެ ސީސީޓީވީ ފްޓޭޖް ދިރާސާކޮށް ބައެއް ސަރަހައްދުތަކާއި ގެތަކާއި ރާއްޖޭގެ ބައެއް ރަށް ރަށް ވެސް ބަލައި ފާސްކުރިއެވެ.
ރިޟްވާން ގެއްލުނު މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކުރިއިރު އޭގެތެރެއިން ތިން މީހުން ވަނީ ކޯޓުން ދޫކޮށްލާފައި އެވެ.
    
    ރިޟްވާން ހޯދަން އުނދަގޫވެގެން މިއުޅެނީ ގޭންގަކަށް ނިސްބަތްނުވާތީ - އުމަރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ