ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް

ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުލްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުށަހަޅައިފި އެވެ.
އަބްދުލްރައްޒާގު ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ މިދިޔަ ހޯމަ ދުވަހު ކަމަށް ޖޭއެސްސީން ބުންޏެވެ. އޭނާ ވަކިކުރަން ނިންމި އިރު، އެ ކޮމިޝަނުން ބަލަމުން އައި އަބްދުލްރައްޒާގު މައްސަލައެއް ފުލުހުން ވެސް ތަހުގީގުކުރަން ފެށުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އޭނާ ހުރީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.
އަބްދުލްރައްޒާގު މަގާމުން ވަކި ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި، ސަބަބެއް ނެތި މީހަކު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުން ހިމެނެ އެވެ. މި މައްސަލައާ ގުޅިގެން ޖޭއެސްސީއަށް މައުލޫމާތު ދިނުމުގައި އޮޅުވާލަން އޭނާ މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން އަބްދުލްރައްޒާގު އެހެން މައްސަލައެއް ވެސް އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް ޖޭއެސްސީން ބުންޏެވެ. އެއީ ދ. ކުޑަހުވަދޫ ކޯޓުން މައްސަލައެއް ބަލަން ހަވާލުކުރި މެޖިސްޓްރޭޓަކާ މެދު ހިތްހަމަ ނުޖެހިގެން، އެ މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ދ. އެނބޫދޫ މެޖިސްޓްރޭޓަކާ މައްސަލަ ހަވާލުކުރުމެވެ. މި މައްސަލަ ހުށަހެޅި އެއްބަސްވުމުގައި ބޭނުންކޮށްފައި ވަނީ ފޯޖުކޮށްފައިވާ ސޮއެއް ކަަމަށް ޖޭއެސްސީން ބުންޏެވެ. އޭނާ ސަސްޕެންޑްކުރަން ނިންމީ މި މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށުމުންނެވެ.
Maamendhoo iss magistrate Shukoor isthiufaa dhevvaifi
Mihaaru
މީގެ ކުރިން ވެސް ބައެއް މެޖިސްޓްރޭޓުންނާއި ދަށު ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވެ އެވެ. އެކަމަކު، މަޖިލީހުން އެގޮތަށް ފާސް ކުރުމުގެ ކުރިން ގިނަ ބޭފުޅުން ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ