ހަވާ އަރުވަން އިޒްރޭލާ ގުޅުން ހުރި ކުންފުންޏަކަށް ނުދެން: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމަށް އިޒްރޭލަށް ވާގިވެރިވާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނާ ވާހަކަ، އެމްއޭސީއެލް އިން ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ -  އާ ޓާމިނަލް ހުޅުުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމަށް އިޒްރޭލަށް ވާގިވެރިވާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ސޯޝަލް މީޑިއާގައި ވީޑިއޯތަކެއް ދައުރުކޮށްފައި ވާތީ އެކަން ދޮގުކޮށް އެމްއޭސީއެލް އިން މިރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.
ތަފްސީލް - އެމްއޭސީއެލް އިން ބުނީ އެ ކުންފުންޏަކީ %100 ދިވެހި ކުންފުންޏެއް ކަމަށާއި ދިވެހިންގެ ވިންދާ ނުގުޅޭ އެއްވެސް ކަމެއް އެ ކުންފުނިން ކޮށްފައިނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރިއަށް އޮތްތަނުގައި ވެސް ނުކުރާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
"ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ
އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް
ކުންފުންޏަކާ މި ކުންފުނިން އެއްވެސް މުއާމަލާތެއް ކޮށްފައެއްނުވާނެ އެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކުންފުނީގެ އަގު ވައްޓާލުމަށް ފަތުރަމުންދާ ދޮގު ހަބަރުތައް ކުށްވެރިކޮށް އެމްއޭސީއެލް އިން ބުނީ އެ ކުންފުންޏާ މެދު ސާބިތު ނުހިފޭ،
ހަގީގަތާއި ހިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތައް ފަތުރަމުން ގެންދާތީ އެކަމުގައި އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް ބަލަމުންދާ ކަމަށެވެ.
ރާއްޖޭގެ ބޮރޯޑްކާސްޓަރުންގެ
ކަންކަން ރެގިއުލޭޓުކުރުން ގާނޫނުން ކަނޑައަޅާފައިވާ  ބްރޯޑްކާސްޓިން ކޮމިޝަނަށް  މައްސަލަ ހުށައެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
ގުޅުން ހުރި - ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލް މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު އެމްއޭސީއެލް އިން އަންނަނީ ޓާމިނަލް ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
ފާހަގަކޮށްލެވޭ - ޓާމިނަލް ހުޅުވުމަށް ފަހު އޮގަސްޓް މެދާ ހަމައަށް އާ ޓާމިނަލް ބޭނުންކުރާނީ ހަމައެކަނި ގައުމީ އެއާލައިނުންނެވެ. އަދި އެއަށް ފަހު އޮގަސްޓުގެ އެ ތާރީހުން ފެށިގެން 10 އެއާލައިނެއް އާ ޓާމިނަލަށް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން: 
ހުރިހާ އެއާލައިންތަކެއް އާ ޓާމިނަލަށް ބަދަލުކޮށް ނިމޭނީ ސެޕްޓެމްބަރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ