އއ. މަތިވެރި ކައިރީގައި އޮތް ސަފާރީއެއްގައި "ޕާޓީ" ކުރަން ތިއްބައި މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްއަށް ބޮޑުބޭބެ ކިޔާ އަންހެން މީހާ ބަންދު ކުރަން ކޯޓުން ނުފެންނާތީ، އޭނާ ދޫކޮށްލައިފިއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި، ސަފާރީގައި މަސްތުވާތަކެއްޗާއި ބަނގުރަލާއި އެކު ޕާޓީ ކުރަމުން ދަނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި، ކާނަލް ނާޒިމްއާއި، އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއަށް ބޮޑުބޭބެ ކިޔާ ސީނުކަރަންކާގެ ފާތިމަތު ރައުފަތު (35އ) ހިމެނެއެވެ.
މި މައްސަލައިގައި ރައުފަތާއި، ހައްޔަރު ކުރެވުނު އެންމެންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރެވުމުން، ކޯޓުން ވަނީ ރައުފަތާއި އެކު އިތުރު ތިން މީހަކު ބަންދު ކުރަން ނުފެންނަ ކަމަށް ނިންމައި، ދޫކޮށްލައިފައެވެ. އޭގެ ތެރޭގައި، މި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާވެސް ހިމެނެއެވެ.
މަސްތުވާތަކެއްޗާއި އެކު ޕާޓީ ކުރި މައްސަލައިގައި ފުލުހުންގެ ބަންދުގައި ބޭތިއްބުމަށް ކޯޓުން ކަނޑައެޅީ 31 އަހަރުގެ ދިވެހި އަންހެން މީހާއާއި، 28 އަހަރުގެ ދިވެހި ފިރިހެން މީހާއެވެ.
ސަފާރީގައި ޕާޓީކޮށްގެން ހައްޔަރުކުރި ކާނަލް ނާޒިމްގެ ކޮއްކޮ ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ