ކެނެޑާގެ ހޫނު މޫސުން ގެއްލިގެން ހޯދަން ފުލުހުން އިޢުލާން ކޮށްފި

މި ހޫނު މޫސުމުގައި ކެނެޑާގެ ނިއުފަންޑްލޭންޑަށް ބޯކޮށް ވާރޭ ވެހި، ހޫނު ދުވަހެއް އަދި އައިސްފައި ނުވާތީ، ހޫނު މޫސުން ހޯދަން ބޭނުންވާ ކަމަށް ބުނެ އެ ޕްރޮވިންސްގެ ފުލުހުން އިޢުލާން ކޮށްފިއެވެ.
ދުނިޔޭގެ އުތުރު ފަޅިއަށް ހޫނު މޫސުމަކީ ޖޫން މަހުގެ ތިންވަނަ ހަފްތާއިން ފެށިގެން ސެޕްޓަރުމަހުގެ ތިންވަނަ ހަފްތާއަށެވެ.
އެހެން ނަމަވެސް މިއަހަރުގެ ހޫނު މޫސުމުގައި ހޫނުވެފައި ނުވާކަމަށް ބުނެ ކުރި އިޢުލާނުގައި ފުލުހުން ބުނެފައިވަނީ، ގެއްލިގެން ހޯދަމުންދާ ހޫނު މޫސުން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ކަމަށެވެ. އަދި ހޫނު މޫސުން ދެނެގަތުމުގައި ބަލާނެ ކަންތަކަކީ ނޫ އުޑާއި، އުޑުން އަލި އަންނާނެ އެއްޗެއް ފެނުން ކަމަށެވެ.
އަދި އުޑުމަތިން އަލި ކޮށް ހުންނަ ވަށްބުރެއް ފެންނަ ކަމަށް ރިޕޯޓު ކުރެވިފައިވާ ކަމަށާއި، ނަމަވެސް 2015 މެއި ގެ ފަހުން އެ ފެނިފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ނިއުފައުންޑްލޭންޑްގެ މޫސުން ގޯސްވުމުގެ ޒިންމާ ނަގަން ޖެހޭނީ އެސިޓީގެ ޓީވީ ސްޓޭޝަން އެންޓީވީގައި މޫސުން ރިޕޯޓުކުރާ ދެ މީޓިރިއޮލޮޖިސްޓުން ކަމަށް ބުނެ، ފުލުހުން ވަނީ އެ ދެ މީޓިއޮރޮލޮޖިސްޓުންވެސް ހައްޔަރުކޮށްފައެވެ.
އަދި، ފުލުހުން އެންމެ އިސްކަން ދެނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ކަމަށް ބުނެ، ނިއުފައުންޑްލެންޑްގެ ފުލުހުން ވަނީ، ހޫނު މޫސުން ފެނިއްޖެ މީހަކު އެކަން ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ