ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް ނަޝީދު ދޫކޮށެއް ނުލާނަން – އުމަރު

ކުރީގެ ރައީސް ނަޝީދު ދޫކޮށްނުލައިގެން ރާއްޖެއަށް ދަތިކުރުމުގެ ފުރުސަތު އެޅިނަމަވެސް ނުވަތަ އެހެން ފިޔަވަޅެއް އެޅި ނަމަވެސް ޝަރުއީ ކޯޓަކުން ނޫން ގޮތަކަށް ރައީސް ނަޝީދު ދޫނުކުރާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އުމަރު މިހެން ވިދާޅުވީ މިއަދު "ހަވީރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިނިސްޓަރ ވިދާޅުވީ "ބޭރުގެ ބައެެއް ޖަމިއްޔާތައް އެކޮޅޮކޮޅުން ޖެހުނަސް" ރައީސް ނަޝީދު ދޫނުކުރާނެ ކަމަށެވެ.
ދާދިފަހުން ރާއްޖެއަށް ޖަރުމަންގެ ޓީވީ ޗެނަލް އަކުން އައިސް ރާއްޖެއަކީ "ޓެރަރިސްޓުންގެ ސުވަރުގެ" ކަމަށް ބުނެ ފިލްމެއް ހަދަން އުޅުނު މައްސަލަ އިޝާރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ސީރިއާ އަށް ގޮސް ހަނގުރާމަކުރަމުންދާ މީހުންގެ ދަރިންނާއި އާއިލާގެ މެންބަރުން ލައިގެން ވެސް ސީރިއާގައި އުޅޭ ދިވެހިންގެ އަދަދު އަރަނީ 79 އަކަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސީރިއަށް ސީދާ ހަނގުރާމަ ކުރަން ގޮސް އުޅޭ ދިވެހިންގެ އަދަދު ވިއްސަށް ވުރެ ވެސް މަރު ކަމަށެވެ.
"އެކަމަކު އެމްޑީޕީ މީހުން މި ގައުމަށް ޖެއްސުން ކުރުމަށްޓަކައި އަދި އެމީހުންނަކީ ދީނީ ގޮތުން ހައްދު ފަހަނައެޅުމާ ފައިޓް ކުރާ މީހުންނޭ ބުނެ އެ ވިއްކުމަށްޓަކައި، އެއްކަލަ އާއިލާތަކާއި ކުޑަކުދިން ވެސް ލައިގެން އެއަށް ދެ ގުނަ އިތުރުކޮށްގެން އަދަދު އެ ކިޔަނީ" މިނިސްޓަރ "ހަވީރަ"ށް ދެއްވި އިންޓިއުގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރ އުމަރު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ހައްދުފަނައެޅި މީހުން ތިބި ކަމަށް ބުނެ ވާހަކަ ދައްކަނީ، ރާއްޖޭގައި އެމްޑީޕީ ފޭލްވެ، ދެން ކުރާނެ އެހެން ކަމެއް ނެތުމުން ކަމަށެވެ.
މިނިސްޓަރ އުމަރު ވިދާޅުވީ އެމްޑީޕީ އަށް ސަރުކާރާ އެކު "ގެރިކޮށް ކުޅެވެން" ނެތް ކަމަށެވެ. އަދި "އަޅުގަނޑުމެންނާ އެކު ގެރިކޮށް ކުޅެން ނުކުމެއްޖިއްޔާ އެއަށް ވުރެ މާ ގެރިކޮށް އަޅުގަނޑުމެން ކުޅޭނެ" ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ "އެހެންވީމާ އެ ހުރިހާ ކަމެއް ހުސްވީމާ، ރާއްޖޭގެ އަގު ވެއްޓުމުގެ މަސައްކަތް މި ފެށީ،" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ