އިދިކޮޅު އިއްތިހާދުގައި ޖޭޕީގެ ބައިވެރިވުމެއް ނެތް: ގާސިމް

ރާއްޖޭގެ އިދިކޮޅު ހުރިހާ ފަރާތްތަކެއް ގުޅިގެން އުފައްދާފައިވާ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން"ގައި އެމަނިކުފާނާ ޖުމްހޫރީ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު އިއްތިހާދުގައި ޖޭޕީގެ ބައިވެރިވުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވާފައިވާތީއާއި އިދިކޮޅު ހަރަކާތްތަކުގެ އިސް ސަފުގައި ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ހުންނަވާތީ ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
ގާސިމް މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންއަށް ސަޕޯޓް ކުރާ ކަމަށް ބުނެ އެމަނިކުފާނާ ހަވާލާދީ ސޯޝަލް މީޑިއާގައި ފަރުތަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ