ޕީޕީއެމްގައި ހުރި މައްސަލަތައް މަޝްވަރާކުރައްވައިގެން އިޞްލާޙްކުރައްވަވާނެ ކަމަށް ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ބާއްވަން މަސައްކަތްކުރި ޕީޕީއެމްގެ ކައުންސިލް ޖަލްސާ ބޭއްވޭ ގޮތް ނުވުމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރޭ ވެސް ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ކަންތައްތައް އިޞްލާޚުރުމަށް އެޖެންޑާއެއް އެކުލަވައިލެއްވީ އިޞްލާޙްކުރަންޖެހޭ މައްސަލަތަކެއް ހުރުމުން އެ ކަންކަން އިޞްލާޙް ކުރެއްވުމަށް ކަމަށެވެ. އެކަމުގައި އިތުރު އެއްވެސް ބޭނުންފުޅެއް އެމަނިކުފާނުގެ ނެތް ކަމަށެވެ.
ރައީސް މައުމޫނުގެ ނިންމެވުންތަކަށް ތާއީދު ނުކުރައްވާ މެންބަރުންވެސް ރޭ ވަނީ ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވައިފައެވެ. އެބޭފުޅުންވެސް ވިދާޅުވީ ޕީޕީއެމް ތެރޭގައި ހުރި މައްސަލަތައް މަޝްވަރާ ކުރައްވައިގެން ޙައްލު ކުރެއްވޭނެ ކަމަށެވެ.
ޕީޕީއެމްގެ ޢާންމު މެންބަރުންގެ ތެރެއިން ރައީސް ޔާމީނަށް ތާއީދު ނުކުރާ ބައެއް މެންބަރުން ރޭ ވަނީ ފައުޅުގައި މަގުމަތީގައި ރައީސް ޔާމީނަށް ހަޑިހުތުރު ބަހުރުވައިމް މުޚާޠަބްކޮށްފައެވެ. އަދި އިސްތިއުފާއަށް ވެސް ގޮވައިފައެވެ.
ރޭގެ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންނެވި މެންބަރުން ނުރުހުމުގެ އެއްވެސް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ. ނުކުމެވަޑައިގަތީ ނުކުމެވަޑައިގަތުމުގެ ހުއްދަ ވެސް ހޯއްދަވައިގެންނެވެ.
ޕީޕީއެމްގައި ހުރި މައްސަލަތައް މަޝްވަރާކޮށްގެން އިޞްލާޙްކުރާނަން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ