ޑްރަގް ކައުންސިލްގެ ކޯޗެއާ އަކަށް އުމަރު

ނެޝަނަލް ޑްރަގް ކައުންސިލްގެ ކޯޗެއާ އަކަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަ ޖައްސައިފި އެވެ.
މިގާމު މިނިސްޓަރު އުމަރާ ހަވާލުކުރެއްވީ ވަގުތީ ގޮތުންނެވެ. އެއ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަންދެންނެވެ.
ޑްރަގް ކޮންޓްރޯލް ކައުންސިލަކީ ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން ހިންގާ ކައުންސިލެކެވެ.
މި މަގާމަށް އުމަރު ހަމަޖައްސަވާފައިވާކަން ހޯމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޔަގީންކޮށްދީފަ އެވެ.
ރާއްޖޭގައި މިވަގުތު ނައިބު ރައީސަކު ނެތީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ގައުމަށް "ޣައްދާރުވި" ކަމުގެ ތުހުމަތުގައި މަގާމުން ވަކި ކުރެއްވުމުންނެވެ.
އެމަނިކުފާނު މަގާމުން ވަކިކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ