ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މެމްބަރު ކަމަށް ރ. ކަނދޮޅުދޫ، ހުސްނުހީނާގޭ، މޫސާ އަލީ ކަލޭފާނު އައްޔަން ކުރައްވައިފި އެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް މޫސާ އަލީ ކަލޭފާނު އައްޔަން ކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި މޫސާ އަލީ ކަލޭފާނަށް މަގާމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުސާ އަލީ ކަލޭފާނޫ އެޗްއާރްސީއެމްއަށް އައްޔަންކުރަން ރުހުންދިނީ 45 މެންބަރުން ވޯޓުންނެެވެ. ދެކޮޅަށް ހަތް ބޭފުޅަކު ވޯޓް ދެއްވާފައިވާއިރު ވަކިގޮތަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު އިންނެވި އެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް މޫސާ އަލީ ކަލޭފާނު އައްޔަން ކުރައްވާފައިވާއިރު، ހިޔާނާތުގެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް މޫސާ އަލީ ކަލޭފާނު އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ