ކާނަލް ނާޒިމްގެ މައްސަލަ އަލުން މުރާޖާކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް އެކޯޓުން ނިންމި ނިންމުން އަލުން މުރާޖާކޮށްދިނުމަށް ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެމައްސަލަ މުރާޖާ ކޮށްދިނުމަށް އެދިފައިވަނީ، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން ހޯދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ރިޕޯޓާއެކު އެ މައްސަލަ އަލުން ބަލައިދިނުމަށެވެ.
އެ މައްސަލަ ސުޕުރީމް ކޯޓުން ބަލައި ނުގަތުމަށް ނިންމާ ނާޒިމަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ، އެމައްސަލައަކީ ހައިކޯޓުގައި އިސްތިއުނާފު މަރުހަލާގައި ބަލާ ފައިސަލާކުރުވަނިވި ހުކުމެއް ކޮށްފައިވާ މައްސަލައަކަށްވެފައި، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްއަށް ހުށަހެޅި ސަބަބުތަކަށް އެކޯޓުން ބެލިއިރު ހައިކޯޓުގެ ހުކުމް ރަނގަޅުނޫން ކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.
ނާޒިމް ފްރޭމްކޮށްފައިވަނީ އަދީބު ކަމަށް ދަށު ކޯޓުގަޔާއި މަތީ ކޯޓުތަކުގައި ވެސް ނާޒިމްގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް އޭރު އެކަމަށް ހެއްކެއް ދެއްކިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ