ހޮޅުދޫގައި ބޭއްވި އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން މޭނާ ސްކޫލް ހޯދައިފި

ނ. ހޮޅުދޫގައި ކުރިއަށް ގެންދިޔަ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މޭނާ ސްކޫލް ހޯދައިފި އެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މޭނާ ސްކޫލް ހޯދީ ފައިނަލުގައި ޓީމް ފެނަކަ އާއި ބައްދަލުކޮށެވެ. އަދި މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން މޭނާ ސްކޫލް ހޯދީ ފައިނަލުގައި ބާފާ ޖަމިއްޔާގެ ޓީމާއި ވާދަކޮށެވެ.
ޖުމްލަ 4 އޮފީހަކުން 7 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ހޮޅުދޫ ހެލްތް ސެންޓަރުގެ ޑޮކްޓަރ ޖޮތީ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ހޮޅުދޫގައި މި މުބާރާތް ބާއްވާފައިވަނީ ބެޑްމިންޓަން ކުރިއެރުވުމަށާއި އޮފީސްތަކާއި ޖަމިއްޔާތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގްސަދުގައި ނ. ހޮޅުދޫ ބެޑްމިންޓަން ޑެވެލޮޕްމަންޓް ކޮމިޓީ އާއި ޒުވާނުންގެ މަރުކަޒު އަދި ކައުންސިލް ގުޅިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ