ފޭދޫގެ އާ ސްކޫލް އަންނަ އަހަރު އަޅަނީ

އަންނަ އަހަރު އައްޑޫ ފޭދޫގައި އާ ސްކޫލެއް އަޅަން ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ވެސް ފޭދޫގެ އާ ސްކޫލްގެ މަސައްކަތް ހިމަނާފައިވެ އެވެ. އެގޮތުން އަލަށް އަޅަން ނިންމާފައިވާ ސްކޫލަށް 6.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މި ސްކޫލަކީ އަންނަ އަހަރު ރާއްޖޭގައި އަލަށް އަޅަން ނިންމި ފަސް ސްކޫލްގެ ތެރެއިން އެއް ސްކޫލެވެ. އަނެއް ހަތަރު ސްކޫލަކީ ހުޅުމާލޭގައި އަޅަން ނިންމާފައިވާ ސްކޫލްތަކެވެ.
ފޭދޫގައި އާ ސްކޫލެއް އިމާރާތްކޮށް ދެއްވާނެ ކަމަށް މި އަހަރުގެ މާޗް މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑު އަށް ކުރެއްވި ދަތުރުގައި ވެސް ވިދާޅުވި އެވެ. ފޭދޫގައި މިހާރު އެންމެ ސްކޫލަށް ހުންނާތީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ. ފޭދޫގައި ހުރި ހަމައެކަނި ސްކޫލަކީ ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ފޭދޫ ސްކޫލެވެ.
އެހެންވެ އާ ސްކޫލެއް އެޅުމަށްޓަކައި، ދާދި ފަހުން ނިންމި ފޭދޫގެ ލޭންޑް ޔޫޒް ޕްލޭނުގައި ވެސް ސްކޫލް އަޅަން ބިމެއް ކަނޑައަޅާފައިވެ އެވެ. އެއީ ފޭދޫ ހިއްކި ބިމުގަ އެވެ.
ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެގެން އެ އަވަށް ވަށައިގެން ހިއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ