ޅ އަތޮޅުން ފެށިގެން ދ އަތޮޅަށް މޫސުން ގޯސް

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ.
މެޓު އޮފީހުން ބުނީ ޅ އަތޮޅުން ފެށިގެން ދ އަތޮޅު ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށެވެ. މެޓުން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދަށް ވައިބާރުވެ ކަނޑުތައް ގަދަވާނެއެވެ. ވައިޖެހޭނެ ކަމަށް ލަފާކުރަނީ ގަޑިޔަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
މެޓު އޮފީހުން ވަނީ އެ ސަރަހައްދުތަކަށް ހުދު ސަމާލުވެސް ނެރިފައެވެ.
ވައިގަދަވުމާއިއެކު މެދުރާއްޖެ ތެރޭގައި ހިމެނޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރާއިރު އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މޫސުމާބެހޭ ޤަޢުމީ ޢިދާރާއިން ލަފާކުރެއެވެ.
ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުކުރައްވާ ނަމަ ދަތުރަށް ފެށުމުގެ ކުރިން އަބަދުވެސް އެންމެ ފަހުގެ މޫސުމީ މައުލޫމާތު މެޓު އޮފީހުން އޮޅުންފިލުވުން އެދެވިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ