"ގާސިމް އިބްރާހީމް އެވޯޑް ފޮރ އެކްސެލެންސް" 4 ދަރިވަރުން ހާސިލުކޮށްފި

ވިލާ ކޮލެޖުން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ޤާސިމް އިބްރާހީމް އެވޯޑް ފޮރ އެކްސެލެންސް" އެކޮލެޖުގެ 4 ދަރިވަރު ހާސިލްކޮށްފިއެވެ.
މި ޝަރަފުވެރި އެވޯޑް ދަރިވަރުންނާއި ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރް އަދި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ ރިސާޗް އެންޑް އިނޮވޭޝަން ޑރ. މަހައްމަދު އާދިލްއެވެ.
ގާސިމް އިބްރާހިިމް އެވޯޑް ފޯ އެކްސެލެންސީ، 4 ދަރިވަރަކާ ހަވާލު ކޮއްފައިވާއިރު، އެންމެ ފުރުތަމަ މި އެވޯޑް ހަވާލުކޮއްފައިވަނީ ވިލާ ކޮލެޖްގައި ބެޗްލާރ އޮފް ޝަރިއްޔާ އެންޑް ލޯ ކިޔެވި ދަރިވަރެއް ކަމުގައިވާ ޝަޒްނާ އަހްމަދަށެވެ.
މީގެއިތުރުން ވިލާ ކޮލެޖުގައި ބެޗްލާ އޮފް ޓީޗިންގ ދިވެހި ލެންގުއެޖް ކިޔެވި ޝަފިއްޔާ އުމަރުގެ އިތުރުން، ބެޗްލާ އޮފް އާޓްސް އިން އެކައުންޓިންގ އެންޑް ފައިނޭންސް ކިޔަވާ އަލީ އަހްމަދް އަދި ހުސެއިން ސައީދަށް ވެސް މި އެވޯޑް ވަނީ ހަވާލުކޮއްފައެވެ.
ވިލާ ކޮލެޖުން ދަސްވެނިވުމުގެ 5 ސެޝަންއެއް ބާއްވާއިރު، މި އެވޯޑް ހަވާލުކޮއްފައިވަނީ އެ ކޮލެޖުގެ އެޗީވްމަންޓް އެވޯޑް ލިބޭ ދަރިވަރުންނަށް އިނާމު ދިނުމަށް މިއަދު ބޭއްވި ވަކި ރަސްމިޔާތެއްގައެވެ.
ވިލާ ކޮލެޖުން މިއަހަރު 541 ދަރިވަރުން ދަސްވެނިވެފައިވެއެވެ.
މި 541 ދަރިވަރުންނަކީ ވިލާ ކޮލެޖުގެ ތަފާތު 15 ޕްރޮގްރާމެއް ފުރިހަމަކޮށް ސަނަދު ހާސިލުކުރި ދަރިވަރުންނެވެ.
އެ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް ވިދާޅުވި ގޮތުގައި ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ވިލާ ކޮލެޖުން ދަސްވެނިވުމުގެ ހަފުލާތައް ކުރިއަށް ގެންދާނީ ސެޝަންތަކަށް ބަހާލައިގެންނެެވެ.
ވިލާ ކޮލެޖުން މިއަހަރު އެންމެ ފުރަތަމަ ސަނަދު ހާސިލުކުރިކަމުގެ ލިޔުން ދީފައި ވަނީ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑްގެ ޕްރޮގްރާމުތަކުން ކިޔެވި ދަރިވަރުންނަށެވެ. އެ ކޮލެޖުން ދަސްވެނިވާ ދަރިވަރުންގެ ތެރެއިން 170 ދަރިވަރުންނަކީ ބިޒްނަސް، އެކައުންޓިން، އިކޮނޮމިކްސް، މާކެޓިން އަދި ހިއުމަން ރިސޯސަސް ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރި ދަރިވަރުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ހަޔާ އެޑިޔުކޭޝަން އިންސްޓިޓިއުޓް ކަމަށްވާ ވިލާ ކޮލެޖުން މިހާތަނަށް ދަސްވެނިވި ދަރިވަރުންގެ އަދަދު މިހާރުވަނީ 15،899 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ