އައްޑޫސިޓީ ހިތަދޫގެ ތިން ސަރަހައްދެއްގައި އެކްސިޑެންޓް ހިނގައި ބަޔަކަށް ފަރުވާދެނީ

އައްޑޫސިޓީ ހިތަދޫގެ ތިން ސަރަހައްދެއްގައި ހިނގި އެކްސިޑެންޓްތަކުގައި ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ހިތަދޫގެ އެކި ސަރަހައްދުތަކުގައި އެކްސިޑެންޓް ވެގެން އެކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. މި އެކްސިޑެންޓްތަކުގައި 7 މީހަކަށް އަނިޔާވެގެން އައްޑޫސިޓީ އެކުއަޓޯރިއަލް ހޮސްޕިޓަލުގައިި ފަރުވާދެމުން ދާކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 1 އަންހެނެކެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލުން ބުންޏެވެ.
Advertisement
މިރޭ ހިނގި ތިން އެކްސިޑެންޓްވެސް ހިނގާފައިވަނީ، ދެ ސައިކަލް ޖެހިގެންކަމަށް ފުލުހުން ބުނެއެވެ. މީގެ ތެެރެއިން ދެ ތަނަކަށް ފުލުހުންދިޔައިރު، ސީން ރޫޅާލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ