ވެގެންއުޅޭ ގޮތަކީ އެމްޑީޕީގެ ބޮލަށް މާބޮޑަށް 2028 ވަދެގެން އުޅުން: މެމްބަރު ފަލާހު

ވެގެން އުޅޭ ގޮތަކީ އެމްޑީޕީގެ ބޮލަށް މާބޮޑަށް 2028 ވަދެގެން އުޅުން ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕް ލީޑަރ އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މެންބަރު މިފަދައިން ވިދާޅުވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ނިސްބަތް ކުރައްވައި، އެމަނިކުފާނަށް
ހަދަންޖެހޭނީ "އަމީން އަށް ހެދިގޮތް" ކަމަށް އެމްޑީޕީން ބުނުމުން
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި
މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
މީގެކުރިން ރާއްޖޭގައި ވެރިކަންކުރެއްވި
ވެރިއަކަށް މިސާލުޖައްސަވާ، ހާއްސަގޮތެއްގައި އޭރުގައި ވެރިކަން ކުރެއްވި އަމީން
ދީދީ އަވަހާރަކޮށްލެއްވި ގޮތަށް، މިހާރުގެ ރައީސުލްޖުމުހުރިއްޔާ ވެސް ރައްޔިތުން
ނިކުމެ، އަވަހާރަކޮށްލަންޖެހޭ ކަމަށް ދޭހަވާ ފަދަޔަކުން އެމްޑީޕީ ޖަލްސާތަކުގެ ޕޯޑިއަމްތަކުގައި އެކި
އެކި ބޭފުޅުން ފާޅުގައި ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ފަލާހް ވިދާޅުވިއެވެ.
އެމްޑީޕީގެ އިތުރުން، އެހެން ޕާޓީތައް ވިއަސް، އެ ނޫން ކޮންމެ ރައްޔިތެއް ވިއަސް
މިފަދަ ނުރައްކާތެރި ވާހަކަ ދެއްކުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް
މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ،އެމްޑީޕީއަށް
ބޮޑަށް މި ވާހަކަ ނިސްބަތްވާއިރު، އެމްޑީޕީގެ މާޒީއަށް ކޮންމެވެސް ވަރަކަށް
ބަލާލަން ޖެހޭ ކަމަށެވެ.
އެމްޑީޕީން ވެރިކަމަށް
އައުމަށްފަހު، ރާއްޖޭގެ ކަންތައްތައް ކޮށްދިނީ ކިހިނެއްތޯ، ވެރިކަމުން ފޭބި ފަހުން
ކަންތައްތައް ކުރީ ކިހިނެއްތޯ، ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެންޖެހޭ
ކަމަށާއި ރައްޔިތުންނަށް މިކަންތައްތައް އެނގޭކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ވަނީ ރައީސް ނަޝީދު
އަވަހާރަކޮށްލަން އުޅުނީ އެމްޑީޕީން ކަމަށް ތުހުމަތު ކުރައްވާފައެވެ.
މެންބަރު ވިދާޅުވީ އެމްޑީޕީއަކީ
2012 ވަނަ އަހަރު، ރާއްޖޭގައި ހުރި ޕޮލިސް ސްޓޭޝަންތަކާއި، އިމާރާތްތަކާއި
ދައުލަތުގެ އެތައް މުއައްސަސާތަކެއް އަންދާލި ބައެއް ކަމަށާއި އާންމުންގެ އެތައް
ބަޔަކަށް އަނިޔާވެރިވެފައި ތިބި ބައެއް ކަމަށެވެ.
ފަލާހް ވިދާޅުވީ
އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އެގޮތަށް ވިސްނުން ހުންނަ
ބޭފުޅުން ކަމަށާއި އެބޭފުޅުން އެމްޑީޕީގެ މެމްބަރުންނަށް ނުބައި ވިސްނުން
ވިސްނައިދީގެން ކުރާކަމެއް ކަމަށެވެ. މެންބަރު ވިދާޅުވީ ގާނޫނު ތަންފީޒުކުރެވޭނެ އެމްޑީޕީގެ
ގިނަ މީހުން ތިބޭނީ ޖަލުގައި ކަމަށެވެ.
އެމްޑީޕީގެ ލީޑަރޝިޕްގެ
ތެރެއިން ފައްޔާޒަކީ އެންމެ ބޯ ނުބައި މީހާއަށްވެސް ވެދާނެ ކަމަށާއި އެމްޑީޕީން
ދެއްކި ވާހަކަތަކަކީ ރައްޔިތުން ނަފްރަތުކުރާ ވާހަކަތަކެއް ކަމަށް މެންބަރު ވަނީ
ވިދާޅުވެފައެވެ. މެންބަރު ވަނީ އެފަދަ ވާހަކަދައްކާ މީހުން ކަމާ ބެހޭ އިދާރާތަކާއި،
ފުލުހަށް ހާޒިރުކޮށް ތަހުގީގުކުރުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ