މެޑިކަލް އިވެކުއޭޝަންތަަކަށް ހާއްސަކުރި ސީ ޕްލޭން މިހާރު އާންމު ދަތުރުތަކަށް ބޭނުން ކުރަން ފަށާފައިވާތީ އެކަމަށް ކުރި ހޭދަ އަކީ އިސްރާފެއްގެ ގޮތުގައި ސިފަކުރައްވައި ސަރުކާރު އޮތީ "އެލް" ބޯޑްގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދި ވިދާޅުވީ މިވާ ގޮތެއް އެނގިވަޑައިނުގަތް ކަމަށާއި ފެންނަނީ ސަރުކާރު "އެލް" ބޯޑްގައި މަސައްކަތްކުރާ ތަން ކަމަށެވެ.
"މީގެން ބޯޓެއްގެ ދަވާދު ބަދަލުކޮށްލައި އިންޓީރިއާ ބަދަލުކޮށްލުމަކީ އާދައިގެ ކުޑަ ޚަރަދެއް ނޫން،" އުމަރު ވިދާޅުވި އެވެ. "ވަރަށް ބައިވަރު އިސްރާފު."
އެއާ އެމްބިއުލާންސާއި ސީ އެމްބިއުލާންސްގެ ހިދުމަތް މި ސަރުކާރުން މި އަހަރުގެ ކުރީކޮޅު ފެށީ ގައުމީ އެއާލައިން މޯލްޑިއަން މެދުވެރިކޮށެވެ. އެގޮތުން އެ ހިދުމަތްތަކަށް ބޯޠްތަކެއް ބޭނުން ކުރަން ފެށީ ބޮޑެތި ބަދަލުތަކެއް ވެސް ގެނައުމަށް ފަހު އެވެ. ސީ އެމްބިއުލާންސްގެ ހިދުމަތް ލޯންޗްކުރީ މާޗް 15 ގަ އެވެ.
Today marks the completion of the inaugural seaplane Air Ambulance mission, paving the way for faster and more efficient emergency medical response. pic.twitter.com/9cq80V806d
— MaldivianAero (@MaldivianAero) March 19, 2024
ނަމަވެސް އެ ބޯޓަށް ބަދަލުތައް ގެނެސް އަލުން މިހާރު ވަނީ ޓޫރިސްޓުން އުފުލަން ފަށައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އެ ބޯޓަށް މަހަކު ދަތުރެއް ނުލިބޭ ކަމަށެވެ.
އޭނަ ވިދާޅުވީ ސީޕްލޭނަށް މަހަަކު ދަތުރެއް ވެސް ނުލިބޭތީ އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ހަލީލާ އެކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އެކަމުގެ ލަފާއެރުވި ކަމަށެވެ. ނަމަވެސް ބޭނުންވާ ގޮތަށް ޑުބްލިކޭޓްކޮށް ދަތުރު ކުރަން ނުޖެހޭ ކަމަށާއި ދަތުރުތައް ކުރިއަށް ގެންދިޔުމަށް ރައީސް ވިދާޅުވި ކަމަށް އަމީން ވިދާޅުވި އެވެ.
ސަރުކާރު އޮތީ "އެލް" ބޯޑްގައި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ