ޖޭޕީގެ ށ ދާއިރާގެ ރައީސް އަދި ށ.އަތޮޅު ކެމްޕެއިން މެނޭޖަރު އެމްޑީޕީއަށް

ޖުމްހޫރީ ޕާޓީގެ ށ ދާއިރާގެ ރައީސް އަހްމަދު މާހިރު އާއި ށ.އަތޮޅު ކެންޕެއިން މެނޭޖަރު އަބްދުﷲ ޝަފީގް އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.
އަހުމަދު މާހިރު އާއި އަބްދުﷲ ޝަފީފް އެމްޑީޕީއަށް ސޮއިކޮށްފައިވަނީ އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްޑީޕީއަށް މެމްބަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޕާޓީއަށް ގިނަ ބަޔަކު އަންނަނީ ސޮއިކުރަމުންނެވެ. އޭގެ ތެރޭގައި މަޖިލިސް މެމްބަރުންނާއި، ކައުންސިލަރުންނާއި އަދި އެހެން ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތައް ހިމެނެއެވެ.
އެމްޑީޕީއަކީ ހުރިހާ އެންމެންނަށް ހުޅުވާލެވިފައި އޮތް ޕާޓީއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި އެމްޑީޕީއަށް އަދިވެސް ގިނަ ބަޔަކު ޕާޓީއާ ގުޅޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ