ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ގަލޮޅު ދެކުނު ދާއިރާ އަށް ވާދަ ކުރައްވަން މިއަދު ނިންމަވައިފި އެވެ.
ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް ފަހު ރޭ ވާހަކަ ދައްކަވަމުން ނަވާޒް ވިދާޅުވީ ، ޖުމްހޫރީ ޕާޓީގެ ޓިކެޓް ލިބިއްޖެނަމަ އޭނާގެ ގަލޮޅު ދެކުނު ދާއިރާ އަށް ކުރިމަތި ލައްވާނެ ކަމަށެވެ.
އިތުރަށް ނަވާޒް ވިދާޅުވި ގޮތުގައި އޭޕްރީލް ހަތް ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު އެކި ގޮތްގޮތަށް ފުރޮޅިދާނެ ކަން ދައްކައި ދޭނެ އިންތިޚާބެކެވެ. އެހެންވެ، ގައުމަށް ރަނގަޅު ބަޔަކު ގެނައުމަށްޓަކައި އެ އިންތިޚާބަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަވާޒް ވިދާޅުވި ގޮތުގައި، ސިޔާސީ ދާއިރާ އަށް ނުކުންނެވީ ގޭގައި މަޑުން ހުންނެވުމުގެ ބަދަލުގައި ގައުމަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ.
ނަވާޒް ވަނީ ފުލުހުންގެ ހިދުމަތުގައި 28 އަހަރު ހޭދަ ކުރައްވާފައެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ނަވާޒް ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ