އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ރަހީނުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން މިނިވަންކޮށްފައިވާ މީހުންނާ ދާދި އެއްވަރަކަށް އަނެއްކާވެސް ފަަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ހަމަލާތައް ދިނުން ހުއްޓާލައި ހަތަރު ދުވަސްތެރޭ ޔަހޫދީން ވަނީ ރަހީނުކޮށްފައިވާ ފަލަސްތީނުގެ 150 މީހުން ދޫކޮށްލާފައެވެ. އެ ހަތަރު ދުވަހުގެ ތެރޭގައި ހަމާސްއިން ވަނި 69 ގައިދީން ދޫކޮށްލާފައެވެ. އެއީ 51 ޔަހޫދީންނާއި އެހެން ގައުމުތަކުގެ 18 މީހުންނެވެ.
އަދި ހަމަ އެ ހަތަރު ދުވަހުގެ ތެރޭގައި އިސްރާއީލުން ވަނީ އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރިން ފަލަސްތީނުގެ 133 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ގައިދީންގެ ޖަމިއްޔާއިން ބުނެފައިވެއެވެ.
އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ހަމަ އެކަނި އޮކްޓޯބަރ 7 ގެ ފަހުން ޔަހޫދީން ކުރާ ކަމެއް ނޫން ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކުރުމަކީ ޔަހޫދީން ކޮންމެ ދުވަހަކުވެސް ކުރާ ކަމެއް ކަމަށެވެ. އަދި މި ދުވަސްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރާނެ ކަމަށް ބެލެވޭ ކަމުގައިވެސް އެޖަމިއްޔާއިން ބުނެފައިވެއެވެ.
ގަތަރާއި މިސްރުގެ މެދުވެރިކަމުގެ ދަށުން ހަމާސް ޖަމާއަތާއި ޔަހުދީ އިސްރާއީލާ ދެެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމަލާތައް ބަދަލުކުރުން މެދުކަނޑާލުމަށް އެއްބަސްވި ފުރަތަމަ މަރުހަލާގެ ކަންކަން މިހާރު ނިމިފައިވާއިރު، އިތުރު ދެދުވަހަށް ހަމަލާތައް ބަދަލުުުކުރަން މިހާރު ވަނީ އެއްބަސްވެފައެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި 51 ދުވަސް ވަންދެން ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތަކުގައި 15،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އިސްރާއީލުން މިނިވަންކުރި މީހުންނާ ދާދި އެއްވަރަކަށް އަނެއްކާވެސް ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ