ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު ނިހާދަށް ބަޔަކު ހަމަލާދީފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ނިހާދަށް ހަމަލާ ދީފައިވަނީ ވޯޓުލުމުގެ މަސައްކަތުގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށެވެ. ނިހާދަށް ގުރޫޕަކުން ހަމަލާދީފައިވަނީ ހިނގި ޒުވާބެއްގެ ތެރެއިންކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މި ހަމަލާއާއި ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނައިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ސާފުވެފައެއް ނުވެއެވެ.
ފޭދޫ ވޯޓުލާ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނައިރު މިކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ