ކަރަންޓުގެ ޚިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް މާލޭގެ ޑިމާންޑާއި، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި އެވެ.
ސްޓެލްކޯއިން ބުނީ މިއީ ކަރަންޓުގެ ހިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް މާލޭގެ އިތުރުވަމުންދާ ޑިމާންޑާއި އެއްވަރަަށް ހިދުމަތް ފޯރުކޮށް ދިނުމަށް ކުރިޔަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ. އަދި ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް މަސައްކަތްތައް ވެސް ކުރިޔަަށްދާކަން ފާހަގަ ކުރެއްވި އެވެ.
އިތުރު ތަފްސީލުތައް ދެމުން ސްޓެލްކޯއިން ބުނެފައި ވަނީ މަސައްކަތުގެ ތެރެއިން މަޖީދީ މަގާއި، ސޯސަން މަގު ގުޅޭ ކަންމަތީގައި ގާއިމުކޮށްފައިވާ ސަބްސްޓޭޝަންގެ ކެޕޭސިޓީ ފުޅާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އެތަނުގައި ބަހައްޓާފައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރެއް ނަގައި، 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް މިހާރު ބެހެއްޓެފައިވާކަމަަށް ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ސްޓްލްކޯ ބުނީ މާލޭގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ކޭޓަރ ކުރުމަށް، ޑިސްޓްރިބިއުޝަން ވިއުގައިގެ ކެޕޭސިޓިީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެތެރޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލޭގެ ޑިމާންޑާއި، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ