ގަވައިދާ ހިލާފަށް އެތެރެކޮށް ވިއްކަމުންދިޔަ ސިނގިރޭޓު އަތުލައިގެންފި

ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކޮށް ވިއްކަމުންދިޔަ ސިނގިރޭޓުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ އެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގާނޫނާއި ގަވާއިދާ ހިލާފަށް އެކި ބުރޭންޑްތަކުގެ ސިނގިރޭޓް ރާއްޖެ އެތެރެކޮށް ވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ތަފްސީލް - ރޭ ހިންގި އޮޕަރޭޝަނުގައި ގަލޮޅުގައި ހުންނަ ގެޔަކާއި ހުޅުމާލެ ފޭސް 2 އަމާން ދޯދި އެޕާޓުމެންޓެއްގެ އިިތުރުން ވޭނެއް ބަލައި ފާސްކޮށް 18 ކޭސް ދުންފަތާއި 75 ސިނގިރޭޓު ކާޓޫނު އަތުލައިގަނެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން:
މި މައްސަލާގައި ހިމެނޭ ވޭން ވަނީ ޓޯކޮށްފައި
ނަމަވެސް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނި
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފާހަގަ ކުރެވޭ - ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި ތަފާތު އޮޕަރޭޝަންތަކުގައި 2 މިލިއަނެއްހާ ސިނގިރޭޓް އަތުލައިގަނެފައިވާ ކަމަށް ހޯމް މިނިސްޓަރު އިހުސާން މިދިޔަ މާޗު މަހު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، 2024ގެ ފަހުކޮޅުން ފެށިގެން ސިނގިރޭޓުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެ ނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަނީ އާންމުުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ