ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ ”މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް“ ހުޅުމާލޭ ސައިކްލިން ޓްރެކުގައި ފަށައިފި އެވެ.
މި ހަރަކާތާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ދިރާގުން ބުނީ އެހެން އަހަރުތަކާއި ހިލާފަށް، މި އަހަރުގެ މުބާރާތަށް ސްކޫލުތަކުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން މި އަހަރު 32 ސްކޫލަކުން 900 އަށް ވުރެ ގިނަ ދަރިވަރުން މުބާރާތުގައި ބައިވެރިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީއަކުން ތިން އަންހެން އަދި ފިރިހެން ވަނަ ލިބޭ ކުދިން ހޮވާނެއެވެ. އަދި މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުންވެސް ޗެމްޕިއަން ސްކޫލް ހޮވުމަށްވަނީ ހަމަޖެހިފައެވެ.
ދިރާގާއި ބައިކް މޯލްޑިވްސްގެ އުންމީދަކީ މި މުބާރާތުގެ ޒަރިއްޔާއިން ސްކޫލް ކުދިންގެ މެދުގައި ބައިކް ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ޒުވާން އުމުރުގައި ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއް ގެ މުހިންމުކަން ޕްރޮމޯޓްކުރުމަށެވެ. ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށެވެ.
މިއީ މަމެން ސައިކްލިން ބާއްވާ ތިން ވަނަ އަހަރު ނަމަވެސް، 2018 އާއި 2019 އަށް ފަހު ހަރަކާތް ކުރިޔަށް ނުގެންދެވުނީ ކޮވިޑުގެ ސަބަބުންނެވެ.
”މަމެން އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް“ ހުޅުމާލޭގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ