ތ. ކަނޑޫދޫ ސްކޫލުގެ ދަރިވަރެއްގެ އިނގިއްޔެއްގައި ހިފައި އަނބުރާލި ގޮތަށް އެ ކުއްޖާގެ އިނގިލި ހުޅުން ނައްޓާލި އިންޑިއާ ޓީޗަރު ބަންދުގެ މުއްދަތު ޖަހަން ނުގެންގޮސް ފުލުހުން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ ޓީޗަރު ދޫކޮށްލީ ހައްޔަރު ކުރިތާ 24 ގަޑިއިރުވުމުން އިއްޔެ ހެނދުނު ކަމަށެވެ. އެނާގެ ބަންދުގެ މުއްދަތު ޖަހަން ނުގެންގޮސް ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނަގާފައި ކަމަށް ފުލުހުން ބުންޏެވެ.
"ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ނެގުމަށްފަހު ބަންދުން ދޫކޮށްލީ، ކޯޓަކަށް ނުގެންދޭ، ތަހުގީގަށް އެއްބާރުލުން ލިބޭތީ ދޫކޮށްލީ،" ފުލުހުން ބުންޏެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ޓީޗަރު ހައްޔަރު ކުރީ އަންގާރަ ދުވަހުގެ ހެނދުނު އެވެ. ކުއްޖާއަށް އަނިޔާކުރި ޓީޗަރު ފުލުހުން ދޫކޮށްލާފައިވާއިރު، އަނިޔާކުރި ކުއްޖާގެ އާއިލާއިން ވަނީ އޭނާއަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.
އެގޮތުން ކުއްޖާގެ އިނގިލީގެ ހުޅު ނައްޓައިލުމަށްފަހު ފަރުވާ ދޭން ގެންދިޔުމުގެ ބަދަލުގައި އެ ޓީޗަރު އަމިއްލައަށް އެ ކުއްޖާގެ އިނގިލީގެ ހުޅު އެޅުވި ކަމަށް އާއިލާއިން ތުހުމަތު ކުރި އެވެ. އަދި އެ ކުއްޖާއަށް އަނިޔާކުރި ވާހަކަ ސްކޫލުގެ މެނޭޖުމެންޓަށް ނާންގައި ފިލައިގެން އެހެން ގެއަކަށް ގޮސް، އެ ދުވަހުގެ ހަވީރު އެ ރަށް ދޫކޮށް އެ އަތޮޅު އޮމަދޫއަށް ޓީޗަރު ދިޔަ ކަމަށް ވެސް އާއިލާއިން ތުހުމަތު ކުރެ އެވެ.
އިނގިލި އަނބުރާލުމުގެ ސަބަބުން އެ ކުއްޖާގެ ހުޅު މަތިން ކަށިގަނޑުގައި ރެނދު ލާފައިވާ ކަމަށް ވެސް ކުއްޖާގެ އާއިލާއިން އަދަދު އަށް ބުންޏެވެ. ނަމަވެސް މިހައިތަނަށް ވެސް އެޑިއުކޭޝަނުން އެކަމާ ގުޅިގެން މައުލޫމާތު ހޯދަން އެ އާއިލާއަށް ނުގުޅާ ކަމަށް ކުއްޖާގެ ބައްޕަ މި ނޫހަށް ބުންޏެވެ.
ކަނޑޫދޫ ސްކޫލް ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓާލި ޓީޗަރު ކޯޓަށް ނުގެންގޮސް ދޫކޮށްލައިފި ކަނޑޫދޫ ސްކޫލް ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓާލި ޓީޗަރު ކޯޓަށް ނުގެންގޮސް ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ