2023 އަދި 2024 ވަނަ އަހަރު ގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް ބާއްވާ ރަސްމިއްޔާތު، 21 އަދި 22 ޖޫން 2025 ވާ ހޮނިހިރު އަދި އާދީއްތަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުން، މި ރަސްމިއްޔާތު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އަދި ރަސްމިއްޔާތު އޮންނާނީ ސޯޝަލް ސެންޓަރުގައެވެ.
މި ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސޮކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުން އޮންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޘާނަވީ އަދި މަތީ ޡާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1800 އަށްވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރާނެކަންވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
"މަތީ އަރުތަވެރީންގެ އިނާމު 2024" މި މަހު 21 އަދި 22 ގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ