ވަޒީފާ އިތުރު ކުރަން ގައުމީ މަސައްކަތެއް ފަށަން ޖެހޭ: ރައީސް

ވަޒީފާ އިތުރު ކުރަން ގައުމީ މަސައްކަތެއް ފަށައި، ހުރިހާ ދިވެހިންނަށް ވަޒީފާ ހޯދައިދޭންޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.އެ މަނިކުފާނު އެހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގަ އެވެ.ރައީސް ވިދާޅުވީ، ރާއްޖޭގައި ކުރާ އިގުތިސާދީ މަސައްކަތްތައް އިތުރު ކުރުމަށާއި ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވައި ލިޔުއްވި ކޮންމެ މުއައްރިޚަކުވެސް، ދިވެހީންގެ މުރާލިކަމާއި މަސައްކަތްތެރިކަމަށް ތައުރީފު ކުރައްވައިފައި ވާކަމަށެވެ. އަދި ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަތަކުން މިއަދު ވެސް ދިވެހީންގެ ފަންނުވެރިކަމާއި، ގައުމު ބިނާކުރާން ކުރި ބުރަ މަސައްކަތް ފެންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.ރައީސް ވަނީ ރާއްޖޭގައި ކުރާ އިގުތިސާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށް ވިދާޅުވެފައެވެ.ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި، އެކި ދާއިރާތަކުގެ ޚިދުމަތްތެރީން ދަފުތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ބޮޑު ކާމިޔާބިއެއް ހޯއްދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.ރައީސް ވަނީ، ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަޚްލާގާއި، ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ."ކޮންމެ ދުވަހަކު ވެސް މި ގައުމު ކުރިއަށް ފިޔަވަޅުތަކެއް މި އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމެވެ. އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމުގައި އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމުދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމިއޮންނާނަމެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރިންނެވެ. އެ މަނިކުފާނު ވިދާޅުވީ، މާދަމާ ގައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާސިލް ކޮށްދޭނީ ވެސް މަސައްކަތްތެރިން ކަމަށެވެ."ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ގައުމުގެ ހީވާގި ހިދުމަތްތެރީންނެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ