ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި، ވާދަވެރި ކުޅުމަކަށް ފަހު ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް ޕޮލިސް ކްލަބް ފައިނަލަށް ދަތުރުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ޕޮލިހުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-20، 16-25، 16-25، 25-11 އަދި 15-13 އިންނެވެ.
މި މެޗަށް ޕޮލިހުން ނުކުތްއިރު، އެ ޓީމުގެ ޒުވާން ތަރި ޝަހާ ޝާމިން ވަނީ ޓީމާ ގުޅިފަ އެވެ. މީގެ ކުރިން، އެސޯސިއޭޝަން ކަޕް އަދި ގައުމީ ލީގުގައި ޝަހާ ނުކުޅުނީ "ޕޮލިސް ޓްރެއިނިންގް"ގައި ހުރުމުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ޕޮލިހުން ލީޑުކޮށްގެން ކުޅުނުއިރު، މި ސެޓު ޕޮލިހުން ވަނީ 25-20 އިން ގެންގޮސްފަ އެވެ. އެކަމަކު، ޖެހިގެން އައި ދެ ސެޓުގައި ވެސް ޕޮލިސް ފެނުނީ ދަށްކޮށެވެ. މި ދެ ސެޓުގައި ވެސް އެ ޓީމަށް ދިމާވި މައިގަނޑު މައްސަލައަކީ ހުރާގެ އެޓޭކްތައް ރިސީވް ކުރުމުގައި ދިމާވި މައްސަލަތަކެވެ. އޭގެ ފައިދާ ނަގައި، ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު ހުރާއިން ގެންދިޔައީ 25-16، 25-16 އިންނެވެ.
އެކަމަކު، ޖެހިގެން އައި ހަތަރު ވަނަ ސެޓުގައި ހުރާ ޓީމަށް ކުރީގެ ކުޅުން ދެމެހެއްޓުމުގައި އުނދަގޫތަކެއް ދިމާވެ، ފެނުނީ ދަށްކޮށެވެ. މި ސެޓުގައި ހުރާ ކުޅުންތެރިންގެ ފަރާތުން ބޮޑެތި ގޯސްތަކެއް ފެނިގެންދިޔައިރު، ތަޖުރިބާގެ ބޭނުންކުރި ޕޮލިސް ޓީމުން ވަނީ ފަސޭހަކަމާ އެކު 25-11 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.
މެޗުގެ ފަހު ސެޓު ފަށައިގެން ލީޑުކޮށްގެން ކުޅުނީ ހުރާ އެވެ. ހުރާ އަށް ވަނީ ސެޓު ނިންމަން ދެ ޕޮއިންޓާ ގާތަށްވެސް ޖެހިލައިފަ އެވެ. އެކަމަކު، ފަހު ވަގުތު ޕޮލިހުން ވަނީ ވިސްނުންތެރިކަމާއެކު ކުޅެ ގިނަ ޕޮއިންޓްތަކެއް ހޯދާ 15-13 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.
މި ނަތީޖާއާ އެކު މިރޭ ކުޅޭ ފައިނަލުގައި ޕޮލިސް ކްލަބުން ނުކުންނާނީ ވެމްކޯއާ ދެކޮޅަށެވެ. ވެމްކޯ އިން ފައިނަލަށް ދަތުރުކުރީ މެޗަކުން ބަލިނުވެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މިދިޔަ އަހަރުގެ ގައުމީ ތަށި ވެމްކޯ އިން ހޯދީ ޕޮލިސް ބަލިކޮށްފަ އެވެ.
ވާދަވެރި ކުޅުމަކަށް ފަހު ހުރާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޕޮލިހަށް ވާދަވެރި ކުޅުމަކަށް ފަހު ހުރާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޕޮލިހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ