އީދަށް 'އަންލިމިޓެޑް މޫވީޒް'އާއެކު ދިރާގުން ޚާއްސަ އޮފާތަކެއް
ދިރާގުން ބޮޑު އީދަށް ޚާއްސަކޮށްގެން ތަފާތު އޮފާތަކެއް، އަގުހުރި އިނާމުތަކާއެކު މިއަދު ތައާރަފުކޮށްފިއެވެ. ދިރާގުން ބޮޑު އީދަށް ތައާރަފުކުރާ އޮފާތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ޙަސަން ޝާރިޙް އާދަމް ވިދާޅުވީ އީދު ފަދަ ދުވަސްތައް ކަސްޓަމަރުންނާ ގުޅިގެން ފާހަގަކުރުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ ބޭނުންތަކަށް ޚާއްސަކޮށްގެން ތަފާތު އަގުހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް "މި އޮފާތަކުގެ އެހީގައި އާއިލާއާއި ރައްޓެހިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެ އީދުގެ އުފާ އެކަކު އަނެކަކާ ހިއްސާކުރުމަށް އިތުރަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ. ދިރާގުން މިއަދު އިފުތިތާހުކުރި ޕްރޮމޯޝަންތަކަކީ: · ރީލޯޑް އެންޑް ފްލައި: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ހަފުތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ މަތިން ރިލޯޑްކޮށްގެން 10،000 ރުފިޔާގެ މޯލްޑިވިއަން ޑޮމެސްޓިކް ޓްރެވަލް ވައުޗަރުއް ހޯދުމުގެ ފުރުސަތު. · އީދު ސްޓްރީމިން އެޑްއޮން: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސްޓްރީމްކުރުމަށް އެންމެ 20 ރުފިޔާއަށް 25ޖީބީ. · ހަދިޔާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު. · ފްރީ އަޕްގްރޭޑް ޕްރޮމޯ: ދިރާގު ފައިބަ ބްރޮޑްބޭންޑް ޕްކޭޖަކަށް އިތުރު އަގަކާ ނުލާ މުޅިން ހިލޭ އަޕްގްރޭޑް ކުރެވުން. · ފައިބާ ބްރޮޑްބޭންޑް ގުޅައިދިނުން ހިލޭ: ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ނަގާ ކަސްޓަމަރުންނަށް ސެޓަޕް އަދި ރައުޓަރު މުޅިން ހިލޭ. · 100ޖީބީ ޑޭޓާ އެޑްއޮންއާ އެކު އިތުރު 25ޖީބީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ ކޮންމެ އެޑްއޮންއަކާއެކު އިތުރު 25ޖީބީ މުޅިން ހިލޭ. · ސަޅި ކުއާޓަލީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ކުއާޓަލީ އެޑްއޮން އެކްޓިވޭޓްކޮށްގެން 180ޖީބީ އާއެކު އިތުރު 50ޖީބީ އަދި ދިރާގު ކޯލްތައް މުޅިން ހިލޭ. · ހިލޭ 5ޖީ ރައުޓަރެއް: އަލަށް 5ޖީ ޓާބޯ ޚިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާއިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ. · އީދަށް އަންލިމިޓެޑް މޫވީޒް: ދިރާގުއެޕްގެ އީޒޯން މެދުވެރިކޮށް ލަޔަންސްގޭޓްޕްލޭ އެކްޓިވޭޓްކުރާ ފަރާތްތަކަށް ފިލްމު ބަލާލުން މުޅިން ހިލޭ. މި ހުރިހާ އޮފާތަކެއް ވެސް އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން ދިރާގު ކަސްޓަމަރުންނަށް އެކްޓިވޭޓްކުރެވޭނެއެވެ. ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް މީގެ އިތުރުން ވެސް އީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ދިރާގުން ވަނީ ބައިވެރިވެފައެވެ. ދިރާގުން ވަނީ، ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާކަން ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ