އިސްލާމިކް އިންޝުއަރަންސުގެ ހިދުމަތް ފުރަތަމަ ފެށީ ޖެނެރަލް ނުވަތަ މުދާ އިންޝުއަރެންސް ކޮށްދޭ އިސްލާމިކް ޕްރޮޑަކްޓުތަކުންނެވެ. އަދި 2016 ވަނަ އަހަރު އިސްލާމިކް ލައިފް އިންޝުއަރަންސް [ފެމެލީ ތަކާފުލް] ވެސް ވަނީ ފަށާފަ އެވެ.
ރާއްޖޭގައި ވެސް އިންޝުއަރަންސަކީ ގިނަ ބަޔަކު ނަގާ ހިދުމަތެކެވެ. އެކަމަކު ގިނަ ބަޔަކަށް އެނގެނީ އާންމުކޮށް އޮންނަ ކޮންވެންޝަނަލް އިންޝުއަރަންސެވެ. ނަމަވެސް ރާއްޖެ ފަދަ 100 ޕަސެންޓް މުސްލިމް ގައުމެއްގައި އިސްލާމިކް އިންޝުއަރަންސް ނުވަތަ "ތަކާފުލް" އެނގުން ލާޒިމެވެ. ތަކާފުލަށް ބައެއް ގައުމުތަކުގައި އިސްލާމިކް އިންޝުއަރަންސުގެ ގޮތުގައި ކިޔައި އުޅެއެވެ. ނަމަވެސް މެލޭޝިއާ އަދި އިންޑޮނޭޝިއާ ފަދަ އިސްލާމިކް އިންޝުއަރަންސުގެ ހިދުމަތް ފުޅާވެފައިވާ ގައުމުތަކުގައި ކިޔައި އުޅެނީ "ތަކާފުލް"އެވެ. ތަކާފުލް ބިނާވެފައިވާ މައިގަނޑު ދެ އަސާސަކީ "ތަޢާވުން" އާއި "ތަބައްރުޢު" އެވެ. މިއީ އެކަކު އަނެކަކަށް އެހީތެރިވުމާއި އެހީ ދިނުމުގެ އެއްބަސްވުމެއް ވެސް ހިމެނޭ ގޮތަށެވެ.
ދުނިޔޭގައި ތަކާފުލް ނުވަތަ އިސްލާމިކް އިންޝުއަރަންސް އުފެދިގެން އައިސްފައިވަނީ 1985 ވަނަ އަހަރު އޯއައިސީގެ ފަތުވާ ކައުންސިލްގެ ނިންމުމެއްގެ މައްޗަށެވެ. އޯއައިސީގެ ފަތުވާ ކައުންސިލުން ވަނީ ކޮންވެންޝަނަލް އިންޝުއަރަންސަކީ ޝަރީޢާ ހުއްދަ ނުކުރާ އެއްޗެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެންކަމުން މިއީ މުސްލިމުންނަށް އިންޝުއަރަންސުގެ ޚިދުމަތް ދިނުމަށް އިސްލާމީ ގައުމުތަކުން މީގެ ސާޅިސް އަހަރު ކުރިން ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެވެ. އެލައިޑް އިސްލާމިކް ވިންޑޯގެ މެނޭޖަރު ފާޠިމަތު ނިޒްމާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސިން ތަކާފުލުގެ ޚިދުމަތް ފަށާފައިވަނީ 2014 ވަނަ އަހަރުގައެވެ. "އިސްލާމިކް އިންޝުއަރަންސުގެ ހިދުމަތް ފުރަތަމަ ފެށީ ޖެނެރަލް ނުވަތަ މުދާ އިންޝުއަރެންސް ކޮށްދޭ އިސްލާމިކް ޕްރޮޑަކްޓުތަކުން. އަދި 2016 ވަނަ އަހަރު އިސްލާމިކް ލައިފް އިންޝުއަރަންސް [ފެމެލީ ތަކާފުލް] ވެސް ވަނީ ފަށާފައި. މިހާރު އެލައިޑުން ކޮންވެންޝަނަލް އިންޝުއަރަންސެއްގެ ދަށުން ލިބޭ ހުރިހާ ޚިދުމަތެއްގެ ތަކާފުލް ޕްރްޑަކްޓް ލިބެން ހުންނާނެ"، ނިޒްމާ ވިދާޅުވި އެވެ.
އެލައިޑުން ފެށި ފެމެލީ ތަކާފުލުގެ (އިސްލާމިކް ލައިފް އިންޝުއަރަންސުގެ) ސަބަބުން އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަހަށް ރައްކާ ކުރުމާއެކު ޢާއިލާތަކުގެ މާލީ ރައްކާތެރިކަމަށް އިތުރު ބާރެއް ލިބިގެން ދިޔައެވެ. މިއީ ދިވެހިން ނުހަނު ބޭނުންވެފައި ތިބި ކަމަކަށްވިއެވެ. ފެމެލީ ތަކާފުލުން މާލީ ރައްކާތެރިކަމުގެ އިތުރުން ހިތްހަމަ ޖެހުން ގެނެސްދިނެވެ.
މި ހިދުމަތް ދެނީ ވިންޑޯ ކޮންސެޕްޓެއްގެ ސިފައިގައި އެލައިޑުގެ ތެރޭގައި އެލައިޑުގެ އިތުރު ބިޒްނަސް ސެގްމެންޓެއް ހިންގާ އުސޫލުންނެވެ. މިއީ އެއް ކުންފުޏެއް ނަމަވެސް ދެ ބިޒްނަސް ސެގްމެންޓެއް ކަމުން ފައިސާގެ ހިސާބު ބަލަހައްޓަނީ ވަކިންނެވެ. މިކަން ޔަގީން ކުރަން ރައްކާތެރިކަމުގެ ތިން ފަށަލައެއް ހުރެ އެވެ. މިއީ ރާއްޖޭގެ މަރުކަޒީ ބޭންކުން ވެސް އެންމެ ބޮޑަށް ސަމާލުވެ ބަލަމުން ގެންދާ އެއްކަމެވެ. އަދި ކުންފުނި ތެރޭގައި ޝަރީޢާ ކޮމެޓީއެއް އޮވެއެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ހިންގާ ކަންކަން ބަލުމަށާއި އިސްލާމިކް ޝަރީޢާ ކަންކަން ބަލަން އެކަމަށް ހާއްސަ މުވައްޒަފުން ވެސް ތިބެއެވެ. އަދި އަހަރަކު ހަތަރު ފަހަރު ޝަރީޢާ އޮޑިޓެއް ހަދާނެއެވެ. މިއީ އިސްލާމިކް ފައިނޭންސިންގެ ހިދުމަތްދެނީ އުސޫލުތަކުގެ ތެރެއިން ތޯ ޔަގީން ކުރަން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެވެ.އެލައިޑު އިސްލާމިކް ވިންޑޯއިން ޝަރީޢާ ހުއްދަ ކުރާ ލައިފް އިންޝުއަރަންސުގެ އިތުރުން ރާއްޖޭގައި ދެވޭ ހުރިހާ ހިދުމަތްތަކަކަށް ފަހިވާނެ ގިނަ ހިދުމަތްތަކެއް ދެމުންގެންދެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިސްލާމިކް އިންޝުއަރަންސް | ތަކާފުލް ރާއްޖެއަށް މުހިންމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ