ދިވެހިންގެ ޤައުމިއްޔަތާއި ސަގާފަތާއި ދިވެހި ވަންތަކަން ދައްކުވައިދޭގޮތަށް ތަރައްޤީކުރުމަށްފަހު ޢިއްޒުއްދީން ފާލަން އަލުން ހުޅުވައިފިއެވެ.
ފާލަން އަލުން ހުޅުވައިދެއްވީ ރޭ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރަސްމީ ފާލަން އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެމްޓީސީސީއާއި ޙަވާލުކުރީ 2023 ވަނަ އޮގަސްޓްމަހުއެވެ. މި މަޝްރޫޢަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރިއެވެ. ރަސްމީ ފަލަން ތަރައްޤީކޮށްފައިވަނީ ދިވެހީންގެ ޤައުމިއްޔަތާއ،ި ސަޤާފަތް ރަމްޒުކޮށްދޭގޮތަށް އަދި ގިނަ ދުވަހު ބޭނުންކުރެވޭނެގޮތަށެވެ.
ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމީ ފާލަމަކީ، ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ގައުމީ ތަރައްގީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއް ކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާއި ގުޅިގެން، ކުރިން ބޭނުންކުރަމުންދިޔަ ރަސްމީ ފާލަމުގެ ޑިޒައިނަށް ބަދަލުގެނެސް ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތަން ހުޅުވައި “ޢިއްޒުއްދީން ފާލަން” ނަމުން ނަންދިނެވެ. އޭގެކުރިން އެތަންހުރީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މިނިވަން 25 ފުރުމުގެ މުނާސަބަތުގައި ހެދި ލަކުޑި ފާލަމެކެވެ. އޭގެކުރިން އެތަން ހުރީ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ހުރި ބޮޑު ފާލަމުގެގޮތުގައެވެ.
ޑިޒައިނަށް ބަދަލުގެނެސް އަލުން ފާލަން ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމުގެ ފަރުމާއަށް ބަލައިގެންނެެވެ. އަދި އެންމެ ފަހުން ރަސްކަންކުރެއްވި މުހައްމަދު ފަރީދު ދީދީގެ ތޮފިކޮޅު ސިފަވާފަދަ ނިޝާނެއް ވެސް ފަރުމާގައި ހިމަނާފައިވެ އެވެ
ފާލަން ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސްވަނީ އިއްޒުއްދީން ފާލަމުން މިހާރު ރަމްޒުކޮށްދެނީ، ދިވެހިވަންތަކަމާއި، ދިވެހި ފަންނުވެރިކަމާއި، ދިވެހި މާޒީ އާއި މުސްތަޤުބަލު ކަމަށެވެ. ރައީސް ވިދާޅުވީ މި ފާލަމަކީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ޤައުމީ ތަރައްޤީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއް ކަމަށެވެ.
މި ސަރުކާރުން ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކުރީ އެތަން މަރާމާތުނުކޮށް ގިނަދުވަހު ހުރުމުގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވުމުންނެވެ. އެ ފާލަން ސަރުކާރުން ތަރައްޤީކޮށްފައިވަނީ 1950ގައި ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ފާލަން ހުރި ގޮތް އަސްލަކަށް ބަލައިގެންނެވެ.
ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެ މީރާގެ ވާރުޕޭ މެދުވެރިކޮށް ހެޔޮ ކަންކަމަށް ހޭދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި ފްލެޓަށް ޝަރުތު ހަމަވީ 1،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ