އިމުގާ ފޯމު ދޫކުރާ ފޭކު ޕޯޓަލްތަކެއް ހިންގާތީ ސަމާލުވާން އެދިއްޖެ
އިމިގްރޭޝަންގެ ނަމުގައި އިމުގާ ފޯމު ދޫކުރުމަށް ފޭކު ޕޯޓަލްތަކެއް ހިންގާތީ އެ ކަމަށް ސަމާލުވުމަށް އިމިގްރޭޝަނުން މިއަދު އަންގައިފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ، ތިން ވެބްސައިޓަކުން އިމުގާ ފޯމު ދޫކުރާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނަ ކަމަށެވެ. އެ ވެބްސައިޓުތަކަކީ، އިމުގާ އެޕްލިކޭޝަނާއި އިމުގާ އޮންލައިންގެ އިތުރުން އިމުގާ މޯލްޑިވްސް ޑޮޓް ނެޓެވެ. އެހެންވެ، އެ ވެބްސައިޓުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް، އިމިގްރޭޝަނުން ބުނީ، ރަސްމީ ވެބްސައިޓުން ނޫނީ ފޯމު ޑައުންލޯޑު ނުކުރުމަށް އެދިފައެވެ. https://x.com/ImmigrationMV/status/1920421066809254243 ފާހަގަކޮށްލެވޭ ގޮތުގައި، މީގެކުރިން ދިވެހިން ވެސް ރާއްޖޭން ބޭރަށް ފުރާއިރު ޑިކްލަރޭޝަން ފޯމު ފުރަން ޖެހެއެވެ. ނަމަވެސް އިމިގްރޭޝަނުން ވަނީ، ހަމައެކަނި ރާއްޖެ އަންނަ ފަތުރުވެރިންނާއި ބިދޭސީން އެ ފޯމު ފުރަން ޖެހޭ ގޮތަށް ބަދަލުކޮށްފައެވެ. އެގޮތުން، އެ ފޯމު ހުށަހަޅަން ޖެހެނީ ރާއްޖެއަށް އައުމުގެ 96 ގަޑިއިރު ކުރިން އިމުގާ ޕޯޓަލް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ