ހައްޖު ދުވަހުގެ މާތް މި ދުވަހުގައި އެކަކު އަނަކަކުގެ ގުޅުންތައް ބަދަހިކޮށް، ދިވެހިންނަކީ އެއްބައިވަންތަ ބަޔަކަށް ވުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މިގޮތަށް ގޮވާލެއްވީ ހައްޖު ދުވަހުގެ ހެޔޮ އެދުމާއިއެކު، އަރަފާތު ބިމުގައި ހުންނަވާ މިއަދު ފޮނުއްވި ވީޑިއޯ މެސެޖެއްގަ އެެވެ.
އެ މެސެޖު ރައީސް ފެއްޓެވީ ހައްޖު ދުވަހުގެ ހެޔޮ ދަރުމައާ ސަވާބު އެންމެންނަށް މިންވަރުކޮށްދެއްވުމަށް އެދި ދުއާ ދަންނަވަމުންނެވެ.
"އަޅުގަނޑުމެންގެ ހިތްތަކުގައި އަޅުގަނޑުމެންނަކީ އެއްބައިވަންތަކަން އާލާކުރެވި، އަޅުގަނޑުމެންނަކީ އެކުވެރިކަމާ އުހޫވަތްތެރިކަން އަޅުގަނޑުމެންގެ މެދުގައި ބަދަހިވެގެން ދިއުން،" ރައީސްގެ މެސެޖުގައި ވެއެވެ.
އެނގުން މުހިންމު - ރައީސް އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހައްޖަށް ފުރާވަޑައިގަތީ މިދިޔަ ހުކުރު ދުވަހު އެވެ.
ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަތީ ސައުދީ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ރައީސްގެ މެސެޖެއް އަރަފާތު ބިމުން: ގޮވާލެއްވީ ދިވެހިންގެ އެއްބައިވަންތަ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ