ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް މަރްޔަމް ޝަމްއާ އިސްމާއީލް އައްޔަންކޮށްފިއެވެ.
އެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ވިސާމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިން ބެޗްލާ އޮފް ލޯ، ހާސިލްކުރައްވާފައިވާ ޝަމްއާ ވަނީ މީގެ ކުރިން ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. އަދި ސްޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓަންޓުގެ މަގާމުވެސް އަދާކުރައްވާފައެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަކީ ކުންފުނިތައް ގާނޫނާއި އެއްގޮތަށް ހިންގާތޯ ޔަގީންކޮށް ކުންފުނިތައް ދައްކަން ޖެހޭ ފީތައް ނުދައްކާ ނަމަ ހުއްޓުވުމުގެ އިޙްތިޔާރު ލިބިގެންވާ މަގާމެކެވެ. އަދި ކުންފުނިތަކުގެ ނަންތައް ފާސްކުރުމާއި ކުންފުނިތައް އުވާލުމުގެ ބާރު ވެސް ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ލިބިގެންވެއެވެ.
ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް މަރްޔަމް ޝަމްއާ އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ