މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް މިއަދު އެ މަގާމުން ވަކި ކުރައްވައިފި އެވެ.
ޕީސީބީން ދެންމެ ބުނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް މިއަދު އެ މަގާމުން ވަކި ކުރައްވާފައިވާ ކަމަށެވެ.
ވިޓާލީ އަކީ މިފްކޯގެ ހިންގުން ހަރުދަނާ ކުރަން ބޭރުން ގެންނެވި ބޭފުޅެކެވެ. މަގާމަށް އައްޔަނު ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ ނުވަވަނަ ދުވަހު އެވެ.
Advertisement
ޑރ.ވިޓާލީ އަކީ ސްވިޒަރލޭންޑަށް ނިސްބަތްވާ މީހެކެވެ. ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ.ވިޓާލީ އަކީ އައްޔަނުކުރައްވާފައިމިވަނީ، މިފްކޯގެ ސީއީއޯގެ މަގާމު ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހުއެވެ. ޑރ.ވިޓާލީ ވަނީ ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހު ތަޖުރިބާ ހޯއްދަވާފައެވެ. މިފްކޯގެ ހިންގުން ވިޓާލީއާ ހަވާލުކުރީ ސީއީއޯއެއް ހޯދުމަށް ދެ ފަހަރެއްގެ މަތިން އިއުލާނުކުރުމަށް ފަހު އެވެ.
ކުރީން އެ މަގާމުގައި ހުންނެވީ އަހުމަދު ސަމާހު ރަޝީދެވެ. އޭނާ ވަކިކުރީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. ސަމާހު މަގާމުން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް ސަސްޕެންޑުވެސް ކުރުމަށްފަހުއެވެ.
މަގާމުގައި ތިން މަސް؛ މިފްކޯގެ ސީއީއޯ ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ