ވައިގެެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ތަކެތި އަތުލައިގަތީ މިދިޔަ މަހު 27ގައި ކުރިއާ މެދުވެރިކޮން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
ތަފްސީލް - ކަސްޓަމްސް އިން ބުނީ:
ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ކޮކެއިންއަށް ޕޮޒިޓިވްވި
ބަރުދަނުގައި ޕެކިންއާ އެކު 1020 ގްރާމް ހުރި
މަގުމަތީ އަގަކީ ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ވައިގެ މަގުން އެތެރެކުރި 1 ކިލޯގެ ކޮކެއިން އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ