ޝައިޚް ފަރީދު ނިޔާވެފައި އޮތީ ޝަހާދަތް އިނގިލިން ތައުޙީދުގެ ކަލިމައަށް އިޝާރާތް ކުރަމުންދާ ޙާލުގައި: ޝައިޚް ޢަލީ ޒައިދު

ފަޟީލަތުއްޝައއްޝައިޚް އިބްރާހީމް ފަރީދު ނިޔާވެފައި އޮތީ ވަރަށް ރީތިކޮށް ކަމަށާއި، ޝަހާދަތް އިނގިލިން ތައުޙީދުގެ ކަލިމައަށް އިޝާރާތްކުރަމުންދާ ޙާލުގައި ކަމަށް ޝައިޚް ފަރީދުގެ ކޮއްކޮ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު މި މަޢުލޫމާތު ހާމަކުރެއްވީ އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޝައިޚް ފަރީދުގެ ހިނެވުމުގެ ކަންތައް ކުރިއަށްދާ ކަމަށް ބަޔާންކުރައްވާފައިވެއެވެ.
"ބޭބެ އޮތީ ވަރަށް ރީތިކޮށް! އަދި ނިޔާވެފައި އޮތީ ޝަހާދަތް އިނގިލިން ތައުޙީދުގެ ކަލިމައަށް އިޝާރާތްކުރަމުންދާ ޙާލުގައި! ބޭބެއަށް ހެޔޮ ދުޢާކުރައްވާ!" ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.
ޝައިޚް ފަރީދުގެ މައްޗަށް ކަށުނަމާދު ކުރެވުނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގެ ރާޖާ ހާޖީ ފިސަބިއްލާހި މަސްޖިދުގައެވެ. މީގެ އިތުރުން، އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ ހުކުރުކުރާ މިސްކިތްތަކުގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ޝައިޚް ފަރީދުގެ ނިޔާވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ހިތާމަ ފާޅުކޮށްފައެވެ. އަދި އެމަނިކުފާނުގެ ޢިލްމީ އަދި ދީނީ ޚިދުމަތްތައް ފާހަގަކޮށް، ޝުކުރުވެރިކަމާއެކު ހަނދާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ