އިސްރާއިލުން އިރާނުގެ ރެވެލިއުޝަނަރީ ގާޑުގެ ވެރިޔާ އަވަހާރަކޮށްލައިފި

އައިއާރުޖީސީގެ ހެޑްކުއަޓާސްއަށް ދިން މިހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް މަރުވެފައިވެ އެވެ. މީގެ އިތުރުން ބައެއް ހަބަރުތައް ބުނާ ގޮތުގައި މި ހަމަލާގައި އީރާނުގެ އިތުރު ތިން ނިއުކްލިއަ ސައިންޓިސްޓުންވެސް އަވަހާރަވެފައިވެ އެވެ.
އިސްރާއިލުގެ އަސްކަރިއްޔާއިން މިރޭ ފަތިހުގެ އިރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ އެންމެ ބާރުގަދަ ލަޝްކަރުކަމަށްވާ ރެވެލިއުޝަނަރީ ގާޑުގެ ވެރިޔާ ހުސައިން ސަލާމީ އާއި ބައެއް ވެރިން އަވަހާރަކޮށްލައިފި އެވެ. 
އީރާނުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ފަތިހު ދިން ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ޗީފް ހުސައިން ސަލާމީ ވަނީ އަވަހާރަވެފަ އެވެ. އައިއާރުޖީސީގެ ހެޑްކުއަޓާސްއަށް ދިން މިހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް މަރުވެފައިވެ އެވެ. މީގެ އިތުރުން ބައެއް ހަބަރުތައް ބުނާ ގޮތުގައި މި ހަމަލާގައި އީރާނުގެ އިތުރު ތިން ނިއުކްލިއަ ސައިންޓިސްޓުންވެސް އަވަހާރަވެފައިވެ އެވެ. 
އީރާނު ގަޑިން ފަތިން ވުމާ ގާތްވެފައިވަނިކޮށް އިސްރާއިލުން ދިން މި ހަމަލާގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله ޚާމަނާއީ ހުންނެވި ތަނަށްވެސް ހަމަލާ އަމާޒު ކުރިކަމަށް ފުރަތަމަ ހަބަރުތައް ފެތުރުނެވެ. ނަމަވެސް އެ މަނިކުފާނަށް އެއްވެސް ގެއްލުމެއް ނުވާކަން ވަނީ އީރާނުގެ ގައުމީ ޓީވީން ޔަގީންކޮށް ދީފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ