ވިލާ ކޮލެޖުގެ މިދިޔަ އަހަރުގެ ސްކޮލަޝިޕް 7 ދަރިވަރަކަށް ދީފި

ވިލާ ކޮލެޖުގެ 2024 ވަނަ އަހަރުގެ ސްކޮލަޝިޕް ސްކީމްގެ ދަށުން ހޮވުނު ހަތް ދަރިވަރަކަށް ސްކޮލަޝިޕް ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ވިލާ ކޮލެޖް ކެމްޕަހުގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތެއްގައި ސްކޮލަޝިޕް ހަވާލުކޮށްދެއްވީ އެ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ.
ނަޖީބު ވަނީ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ، އެ ދަރިވަރުންގެ ކިޔެވުމުގެ ދަތުރުގައި ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
ތަފްސީލް - ވިލާ ކޮލެޖުން ކޮންމެ އަހަރަކު ހުޅުވާލާ މި ސްކޮލަޝިޕް ސްކީމްގެ ދަށުން، މިދިޔަ އަހަރު ސްކޮލަޝިޕް ދިނީ މައިގަނޑު ހަތަރު ކެޓަގަރީއަކުންނެވެ. އެއީ:
ވިލާ ކޮލެޖް އޯޕަން ސްކޮލަޝިޕް
ވިލާ ކޮލެޖް އެލަމްނައި ސްކޮލަޝިޕް
ވިލާ ކޮލެޖް/ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕް
ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިސްއެބިލިޓީސް
މި ސްކީމްގެ ދަށުން 2024 ވަނަ އަހަރު ސްކޮލަޝިޕް ލިބުނު ދަރިވަރުންނަކީ:
ވިލާ ކޮލެޖް އޯޕަން ސްކޮލަޝިޕް:
މުހައްމަދު ހަމްދޫން، މުޝްތަރީގެ/ހއ. ކެލާ
އުމަރު ސާލިމް މުހައްމަދު، ގަންގާ.ހދ. ކުޅުދުއްފުށި
ވިލާ ކޮލެޖް އެލަމްނައި ސްކޮލަޝިޕް:
އަހުމަދު ހަނޫޝް އަލީ، ހ. ނިއު ހެވަން
އަރީބް ހުސައިން، މ. ސްޕޮޓްލައިޓް
ވިލާ ކޮލެޖް/ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕް:
މުހައްމަދު ނައުފް ނިޒާރު، ދަފްތަރު. ނަންބަރު ރސ 9114
އިސްމާއިލް ހޫދު ރިޒްވީ، މ. ފެހިވިދުވަރުގެ
ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިސްއެބިލިޓީސް:
އިރުޝާދު ގާސިމް، ޗަމަން/ށ. މާރޮށި
މި ސްކޮލަޝިޕްތަކުގެ މަގްސަދަކީ ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް، ވިލާ ކޮލެޖުން ހިންގާ ފުލް-ޓައިމް ކޯސްތަކުގައި ފުރިހަމަ މާލީ އެހީތެރިކަމާ އެކު ބައިވެރިވެ، މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ކޮލެޖުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ