ދިރާގު ފުވައްމުލައް ރަން (ޑީއެފްއާރު) 2025ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފަށާނެ ކަމަށް ދިރާގުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ޑީއެފްއާރުގެ ބިބް އެކްސްޕޯ އޮންނާނީ މިއަދާއި މާދަމާ، އަމީނީ މަގުގައި ހުންނަ ދިރާގު މައި އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގަ އެވެ. ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލުކުރާނެ އެވެ.
ތަފްސީލް - މިއަދު ބިބް އެކްސްޕޯ ކުރިއަށްދާނީ:
މެންދުރު ފަހު 2 އިން ހަވީރު 6އަށް
ރޭގަނޑު 8 އިން 10އަށް
މާދަމާ ބިބް އެކްސްޕޯ ކުރިއަށްދާނީ:
ހެނދުނު 9 އިން މެންދުރު 12އަށް
މެންދުރު ފަހު 2 އިން ހަވީރު 6އަށް
ރޭގަނޑު 8 އިން 10އަށް
މި ދެ ދުވަހަށް ފަހު، ދެން ބިބް އެކްސްޕޯ ކުރިއަށްދާނީ ދުވުން އޮންނަ ފުވައްމުލަކުގައި 30 އެޕްރީލުން 1 މޭއަށް ސިޓީ ކައުންސިލު އޮފީހުގެ ކުރުނދުމާ މާލަމުގައި:
ހެނދުނު 9 އިން މެންދުރު 12އަށް
މެންދުރު ފަހު 2 އިން ހަވީރު 6އަށް
ރޭގަނޑު 8 އިން 10އަށް
ކޮންމެ ރޭސް ކިޓެއްގައި ހިމެނެނީ:
ޓައިމިން ޗިޕް އެކުލެވޭ ބިބް
ޓީޝާޓު
ސްޓްރިން ބޭގު
ހަތަރު ނަރުދަތި
ރޭސް ކިޓް ހަވާލުކުރާނީ، ދިރާގުން ބުނި ގޮތުގައި، ދުވުންތެރިޔާގެ އައިޑީ ކާޑު ނުވަތަ އައިޑީ ކާޑުގެ ފޮޓޯއެއް އަދި ބިބް ނަންބަރު ހުށަހެޅުމުންނެވެ.
ފާހަގަކޮށްލެވޭ - ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އާ އެޑިޝަނެއް ކަމަށްވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދާނީ ހަމަޖެހިފައިވަނީ 2 މޭވާ ހުކުރު ދުވަހު ފުވައްމުލަކުގައި އެވެ.
ދިރާގު ފުވައްމުލައް ދުވުމުގެ ބިބާއި ރޭސް ކިޓް މިއަދު ދޫކުރަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ