ދަރަނީގެ ހާލަތުން އަރައިގަންނަން ޑިމޮކްރެޓްސް އަށް ވޯޓުދޭން ނަޝީދު ގޮވާލައިފި

ދިވެހި ގައުމާއި ރައްޔިތުންގެ ފައިދާއަށް ވިސްނައިގެން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ވޯޓުލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ މަޖިލީސް ކެމްޕޭނު ނިންމަން ރާޅުގަނޑު ސަރަހައްދުގައި ''ފާރަވެރި މަޖިލީސް'' ނަމުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އާދިއްތަ ދުވަހު އޮންނަ އިންތިހާބުގައި ވޯޓުލާން ވާނީ ރާއްޖޭގެ ހާލަތަށް ވިސްނައިގެން ކަމަށެވެ. ވަގުތީ ފާއިދާއަށް އަމިއްލަ 'ޒަމީރު'' ދޫކުށްނުލަން އެމްޑީޕީގެ ކުރީގެ ރައީސްކަންވެސް ކުރެއްވި ނަޝީދު އިލްތިމާސް ކުރެއްވިއެވެ.
“މިވަގުތު ތިބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަގުތީ ފައިދާއެއް އޮވެދާނެ އެހެން ނަމަވެސް ވިސްނަވާ މުސްތަގްބަލް އޮތީ ތިބޭފުޅުން އަޅުގަނޑުމެން ގެންދިޔަ ހިސާބެއްގައި'' ރާއްޖެއިން ބޭރުގައި އެމަނިކުފާނު އުފެއްދެވި ބައިނަލް އަގުވާމީ ތިމާވެށީގެ ޖަމިއްޔާކަށް މަސައްކަތް ކުރެއްވުމަށް ފަސް މަހެއްހާ ދުވަސް އުޅުއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންނެވި ނަޝީދު ވިދާޅުވިއެވެ.
މި ދައުރުގައި ހަތަރު އަހަރު މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަލާމަތްތެރިކަން އޮތީ ރައްޔިތުން ނިންމި ގޮތެއްގައި ކަމަށާއި ރާއްޖޭ މިވަގުތު އޮތީ ދަރަނިވެރިވެ އެހެން ގައުމުތަކަށް ދަރަނި އަދާކުރަން ޖެހޭ ހާލުގައި ކަމަށެވެ. މި ހާލަތަން އަރައިގަތުމަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރަކަށްވެސް މި ވަގުުތު ހުންނެވ ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ފާރަވެރިކުރުމާއެކު ސަރުކާރަށް ފާރަވެރިވާނެ މަޖިލީހަކަށް ޑިމޮކްރެޓްސް އަންނަނީ ލެޖިސްލޭޓިވް އެޖެންޑާއަަކާއެކު@MohamedNasheed@TheDemocratsMV @husnfirey pic.twitter.com/VzkiRa8eEj
— The DEMOCRATS -Supporters (@The_Democrats23) April 19, 2024
''ދިވެހިންގެ ކަންކަމަށް ހުރި ފައިސާ މަދުވެއްޖެ، ބޯހިޔާވެހިކަމަށް ހުރި ފައިސާ ނެތިއްޖެ''
ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ނަޝީދު ވިދާޅުވީ ރާއްޖެއަށް ކުރިއެރުން އަންނަން އޮތް ގޮތަކީ ރައްޔިތުންގެ ތަނަވަސްކަމާއި ގުޅިފައި އޮތް ކަމެއް ކަމަށެވެ.
ދަައުލަތުން ދަރަންޏަށް ނަގާ ފައިސާގެ 20 ޕަސެންޓު ދަރަނި ދެއްކުމަށް ފަހު އުފެއްދުންތެރިކަމަށް ފައިސާ ހަރަދުކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ