މޫސުން ތަންނުދޭތީ ހުޅުމާލެ ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފި

‏މޫސުން ތަންނުދޭތީ ސަރުކާރުން ހުޅުމާލޭގައި މިއަދު ބާއްވަން އުޅުނު ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބާއްވަން އުޅުނު މި ކުޑަކުދިންގެ ހަވީރު ބާއްވަން ނިންމީ މިއަދު 16:00 އިން 18:00 އަށެވެ.
މި ހަވީރުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެ ކަނބަލުން ވެސް ބައިވެރިވެވަޑައިގަންނަވަން އޮތީ ހަމަޖެހިފައެވެ،
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ، މޫސުން ގޯސް ވުމުގެ ސަބަބުން އެ ވުޒާރާގެ ފަރާތުން މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމި ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ ކުޑަކުދިންގެ ހަވީރު މިއަދު ނޯންނާނެ ކަމަށެވެ.
މޫސުން ތަން ނުދޭތީ އެ ވުޒާރާއިން  އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް ބޭއްވުމަށް ނިންމި ފެސްޓިވަލް "ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024’’ ވެސް ވަނީ ފަސްކޮށްފައެވެ.
މޫސުން ތަންނުދޭތީ ސަރުކާރުން ހުޅުމާލޭގައި މިއަދު ބާއްވަން އުޅުނު ކުޑަކުދިންގެ ހަވީރު ކެންސަލްކުރިއިރު ރޭން ފެށިގެން ވެހެން ފެށި ވާރެ އަދި ވެސް ނުހުއްޓައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ