އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އެމރިކާގެ ސްޓޭޓެއްކަމަށްވާ ކޮލޮރާޑޯގެ ބެލޮޓް ބޮކްސްއިން ޑޮނާލްޑް ޓްރަމްޕްގެ ނަން ބާތިލުކުރުމަށް ޑިސެމްބަރު 19 ވަނަ ދުވަހު ނިންމި ނިންމުން އެ ގައުމުގެ ސުޕްރީމް ކޯޓުގެ 9 ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ އެވެ. ފަނޑިޔާރުންގެ ނިންމުމުގައި ބުނެފައި ވަނީ ސްޓޭޓަކަށް ފެޑެރަލް ކެންޑިޑޭޓެއްގެ ނަން ވޯޓު ކަރުދާހުން އުނި ނުކުރެވޭނެ ކަމަށެވެ.
ކޮލޮރާޑޯގެ ކޯޓުން ޓްރަމްޕުގެ ނަން ބަތިލުކުރުމަށް ޖެނުވަރީ 6، 2021 ގައި ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަނަށް ދިން ހަމަލާއަކީ ޓްރަމްޕް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދެވި ހަމަލާއެއް ކަމަށެވެ.
ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އެމެރިކާގެ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޖޯ ބައިޑަންއާއި ވާދަކުރެއްވުމަށް ރިޕަބްލިކަން ޕާޓީގެ ނޮމިނޭޝަންގެ އެންމެ ކުރީގައި އުޅެނީ ޓްރަމްޕެވެ. އެ ޕާޓީގެ ނޮމިނޭޝަނަށް ބާކީ ހުރި ހަމައެކަނި ވާދަވެރިޔަކީ ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީ އެވެ.
ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ