މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އިން ހިނގާލުން ބާއްވަން ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ.
އަންނަ ހުކުރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ ވަގުތެއް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފި އެެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އެއްވަގުތެއް ގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާތީ، މިހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީވެ އޮގަސްޓް ދެވަނަ ދުވަހު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައި ކަމަށެވެ.ވެހިކަލް މަނާ ވަގުތަކީ ހަވީރު ހަތަރަކުން ހަޔަށެވެ.މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އިން ހިނގާލުން ބާއްވަން ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ. އެއީ 59 ވަނަ މިނިވަން ދުވަހެވެ. ނަމަވެސް އެ ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުުން ލަފާކުރުމުން ޝަރަފުގެ ހިނގާލުން ފަސްކުރީ އެވެ. އެ ފަހަރުވެސް ވެހިކަލް މަނާ ގަޑި ކަނޑައެޅި އެވެ. އެ ނިންމުން ބާތިލުކުރީ ހިނގާލުން ފަސްކުރުމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަންނަ ހުކުރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ