ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ކުރިމައްޗަށް އަރައި ފުލުހުންނާއި ދިމާއަށް އެއްޗެއް އެއްލައިގެނެވެ.
ރޭ އިދިކޮޅުން ކުރި މުޒާހަރާގެ ސަރަހައްދުން އަނިޔާވެރި ގޮތަކަށް ހައްޔަރު ކުރި މީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކޮށް އެ މީހާ މިނިވަން ކޮށްފި އެވެ.
އެ މީހާ ދޫކޮށްލީ ބަންދުގެ މުއްދަތު ހޯދަން ފުލުހުން އެމީހާ މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ. ޕީޕީއެމްގެ މުޒާހަރާ ހިނގަމުން ދަނިކޮށް އެ ސަރަހައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދިޔަ އެ މީހާ ހިފަހައްޓައި ކުޑަ ކުއްޖާގެ ކުރިމަތިން އަނިޔާވެރިކަމާއެކު ފުލުހުން ހައްޔަރު ކޮށްފައިވެ އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ކުރިމައްޗަށް އަރައި ފުލުހުންނާއި ދިމާއަށް އެއްޗެއް އެއްލައިގެނެވެ. ހައްޔަރު ކުރިއިރު ކައިރީގައި ކުޑަކުއްޖަކު ނެތް ކަމަށެވެ. އެމީހާގެ ފަޔަށް އަނިޔާވީ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދެކޮޅު ހެދުމުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އެ މީހާ ހައްޔަރު ކުރި ގޮތުންނާއި އެ ހާދިސާގައި ފުލުހުންގެ ބަސްމަގު ހުރި ގޮތުން ފާޑުކިޔުން އަމާޒުވެފައި ވެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަނިޔާވެރިކޮށް ހައްޔަރު ކުރި މީހާ ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ