"އެއްވެސް ކުއްޖަކު ބޮޑު ލާރިއެއްވެސް ދައްކާނެ ކަމެއް ނެތް އަޅުގަނޑަށް ވެރިކަން ލިބުނަސް ނުލިބުނަސް،" ވިލާއިން ކިޔަވާފައި ތިބި ހުރިހާ ދަރިވަރުންނަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ވިލާ ގުރޫޕްގެ ޗެއާމަން / ބާނީ ގާސިމް އިބްރާހިމްގެ ހަރަދުގައި މަތީ ތައުލީމަށް ކިޔަވަން ދަރިވަރުންނަށް ދޫކުރި ލޯނު މާފުކޮށް ދެއްވާކަން އެމަނިކުފާނު މިރޭ އިއުލާނު ކުރައްވައިފި އެވެ.
ގާސިމް އެކަން އިއުލާނު ކުރެއްވީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯ އިއުލާނު ކުރުމަށް މިރޭ ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރު -- ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި އިސްކަން ދެއްވާނެ ބައެއް ކަންކަން ހާމަ ކުރައްވާ ގާސިމް ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ތައުލީމުން އެއްވެސް ދިވެހި ދަރިވަރަކު މަހުރޫމްވިޔަ ނުދެއްވާނެ ކަމަށެވެ.ޖުމްހޫރީ ޕާޓީގެ ވެރިކަމުގައި މާސްޓާސްއާ ހަމައަށް ދައުލަތުގެ ހަރަދުގައި ކިޔެވުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ތައުލީމު ލިބިގަތުމަށް ދައުލަތުން ނަގާފައިވާ ލޯނުތައް މާފުކޮށް ދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.އޭގެ ފަހުން ގާސިމް ވިދާޅުވީ އެެމަނިކުފާނަކީ ވަރަށް ގިނަ ދަރިވަރުންނަށް ކިޔެވުމަށް ކުޑަކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރެއްވި ބޭފުޅެއް ކަމަށެވެ. އެމަނިކުފާނުގެ ވިލާ ފައުންޑޭޝަނުން 8،000 ކުދީންނަށް ކިޔެވުމަށް އެހީތެރިވެދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
އަދި އެމަނިކުފާނު ވަނީ ވިލާއިން ކިޔެވުމަށް އެ ދަރިވަރުންނަށް ދިން ލޯނު މާފުކޮށް ދެއްވާކަން އިއުލާނު ކުރައްވާފައެވެ. އަދި މިހާރު ވެސް ވިލާ ފައުންޑޭޝަންގެ އެހީގައި ކިޔަވާ ދަރިވަރުން އެބަތިބި ކަމަށާ އެ ދަރިވަރުން ވެސް ދެން ލޯނު ދައްކަން ނުޖެހޭނެ ކަމަށެވެ. އެއީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިނުގަތަސް އެގޮތުގައި އޮންނާނެ ކަމެއް ކަމަށް ވިދާޅުވި އެވެ."އެއްވެސް ކުއްޖަކު ބޮޑު ލާރިއެއްވެސް ދައްކާނެ ކަމެއް ނެތް އަޅުގަނޑަށް ވެރިކަން ލިބުނަސް ނުލިބުނަސް،" ގާސިމް ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ ވެރިކަމަށް ވަޑައިގެން ލޯނުތައް މާފުކޮށްދެއްވާނެ ކަމަށް ވިދާޅުވާއިރު ދަރިވަރުން ކިޔެވުމަށް އެމަނިކުފާނު އަމިއްލަ އަށް ދޫކުރެއްވި ލޯނުތައް މާފުކޮށް ނުދީ އޮތުމަކީ ކޮވިޑްގެ ޒަމީރު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.ގާސިމް މީގެ ކުރީން ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ވިލާގެ އެހީގައި ސިއްހީ ދާއިރާއިން ކިޔަވާފައި ތިބި މީހުންގެ ލޯނުތައްވެސް މާފުކޮށްދީފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ގާސިމް ކިޔަވައިދެއްވި 8،000 ދަރިވަރުންގެ ލޯނު މާފުކޮށްދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ