އަލީ ވަހީދު ރާއްޖެއަށް، ސުޕްރީމް ކޯޓުން ކުރި ހުކުމް އޮތީ ބާތިލްކޮށްފަ
ދައުވާތަކެއް އުފުލާފައިވަނިކޮށް އިނގިރޭސިވިލާތަށް ވަޑައިގަތް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަތްއިރު އޭނާ ތަންފީޒުކުރަން ޖެހޭ ހުކުމެއް ނެތް ކަމަށް ވިދާޅުވެއްޖެއެވެ. އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ނިންމާފައެވެ. އެ މައްސަލައާ ގުޅިގެން އޭނާއަށް ރައްދުވާ ގޮތަށް ޕީީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައަކާ ގުޅިގެން، އޭނާ އެ ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ އެ ކޯޓުން އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމެއް ކުރިއެވެ. އެއް ނަންބަރު ފާލަން ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިއަދު އަލީ ވަހީދު ވިދާޅުވީ, އޭނާގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމެއް ކުރީ އެ ކޯޓުން ފޮނުވި ޗިޓްއާ އެއްގޮތަށް ކޯޓަށް ހާޒިރުވެފައި ނުވާތީ ކަމަށެވެ. އެކަމުގައި އޮޅުން އަރާފައިވާކަން ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ ޗިޓާ އެއްގޮތަށް ކޯޓަށް ހާޒިރުވުމަށް އޮންލައިންވި ކަމަށާއި އެ ދުވަހު އަޑުއެހުން އޮތީ ކޯޓަށް ހާޒިރުވުގެން ކަން އެނގިނުލައްވާ ކަމަށެވެ. "އަޅުގަނޑުމެން ސުޕްރީމް ކޯޓަށް އަލުން މުރާޖައާ ކުރަން ލިޔުނިން، އަޅުގަނޑުމެން އޮންލައިންވީ ކަމާ އަދި އަޅުގަނޑުމެން ކޯޓުގެ ހުރުމަތް ކަނޑަން ގަސްތުކޮށް އެއްވެސް ކަމެއް ނުކުރާ ކަމަށް. އަޅުގަނޑު އަތުގަ އެބައިން، ރާއްޖެ އައުމުގެ ކިތަންމެ ދުވަހެއް ކުރިން، ސުޕްރީމް ކޯޓުން އަޅުގަނޑުގެ މައްޗަށް ކުރި ހުކުމް މިހާރު ވަނީ ބާތިލްކުރެވިފައޭ،" އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދުގެ މައްޗަށް ކުރީ، ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތައް އަލީ ވަހީދުގެ މައްޗަށް އުފުލީ ޓޫރިޒަމް މިނިސްޓްރުގެ މަގާމުގައި ހުންނަވައި އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ