ސުޕްރީމޯ ޕޮޕްކޯން ކަމުން އެއާ ފްރަޔާ އެއް ހޯދުމުގެ ފުރުސަތު

ސުޕްރީމޯ ޕޮޕްކޯނުގެ ފޮޓޯ އެއް ޝެއާކޮށްގެން އެއާ ފްރަޔާ އެއް ލިބޭ މުބާރާތެއް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ފަށައިފި އެވެ.
މީރު އެކި ރަހަތައް ހިމެނޭ ސުޕްރީމޯ ޕޮޕްކޯން ކަމުން، ފޮޓޯ އެއް ނޫނީ ވީޑިއޯ އެއް ނަގާ، ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އިތުރު އިނާމު ހޯދުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
ބައިވެރިވާން ހަދާނީ ކިހިނެއް؟
އިންސްޓަގްރާމުގައި އޭޑީކޭ ޖެނެރަލް ޓްރޭޑިން އަށް ފޮލޯކޮށްލާ
ކްރިއޭޓިވް ސެލްފީ އެއް ނޫނީ ވީޑިއޯކޮޅެއް ނަގާ ޝެއާކޮށްލާ. ފޮޓޯ ނޫނީ ވީޑިއޯ ޝެއާކުރާއިރު ބޭނުންކުރާނެ ހޭޝްޓެގް އަކީ #SupremeoPopcornContest2023
އެއްފަހަރަށް ވުރެ ގިނަ ފަހަރު ފޮޓޯ/ވީޑިއޯ ޕޯސްޓު ކުރެވޭނެ. އެކަމަކު ކޮންމެ ފަހަރަކު ވެސް ތަފާތު އެއްޗެއް ޕޯސްޓުކުރަން ޖެހޭ
މުބާރާތުގެ މުއްދަތުގައި އިންސްޓަގްރާމު ޕްރޮފައިލް ޕަބްލިކް ކޮށް ފެންނަން ހުންނަން ވާނެ
މި މުބާރާތުގައި އެންމެ ގިނަ ލައިކް ލިބޭ ޕޯސްޓެއް ހޮވާނެ އެވެ. އެންމެ ގިނަ ލައިކް ލިބޭ ޕޯސްޓް ކުރާ ފަރާތަކަށް އެއާ ފްރަޔާ އެއް ލިބޭއިރު އިތުރު ފަސް ފަރާތަކަށް 'ބިގް ޕްލޭޓް' ރެސްޓޯރަންޓުން ގިފްޓް ވައުޗަރު ލިބޭނެ އެވެ.
މި މުބާރާތް ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސުޕްރީމޯ ޕޮޕްކޯން ގަންނަން ލިބޭނީ ކިހިނެއް؟
ހޯލްސޭލްކޮށް ގަންނަން ބޭނުން ފަރާތްތަކަށް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ލިބޭނެ
ރީޓެއިލް ކަސްޓަމަރުންނަށް ގަންނަ މާޓުން ލިބޭނެ
ގަންނަ މާޓު އެޕް މެދުވެރިކޮށް އޮންލަައިންކޮށް ވެސް ގަންނަން ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ