ޝެއިޚް އުސްމާން އަބްދުالله ގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ބާއްވައިފި!

ރައްޔިތުންގެ މަޖިލީހުގެ ށ. އަތޮޅުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރެއްވި، އައްޝައިޚް އުޘްމާން އަބްދުاللهގެ ހަނދާނުގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ. 
އުމުރުފުޅުން 85 އަހަރުގައި، ޝެއިހް އުސްމާން އަބްދުالله އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. 
އަލްމަރުހޫމް އުސްމާން އަބްދުالله ވަނީ 23 ފެބްރުއަރީ 1980 އިން ފެށިގެން 23 ފެބްރުއަރީ 1985 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ މިލަދުންމަޑުލު އުތުރުބުރީގެ މެންބަރުކަން ކުރައްވާފައެވެ. އަދި 1980 ގައި އެކުލަވާލެވުނު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައިފައެވެ. 
Advertisement
ހަމަ އެހެންމެ އިސްލާމްދީން އުނގަންނައިދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ޝެއިހް އުސްމާން އަބްދުالله، ވަނީ ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
ޝެއިހް އުސްމާން އަބްދުاللهއަކީ ރޭޑިއޯ އަދި ޓީވީ މެދުވެރިކޮށް ގެނެސްދޭ އެކިއެކު ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވެ ވަޑައިގެން މަޢުލޫމާތު ދެއްވުމުގައި ދެމި ހުންނެވި ގިނަ ބައެއްގެ ތެރޭގައި މަގްބޫލު ދީނީ އިލްމުވެރިއެކެވެ. ދީނީ ފޮތްތައް ތަރުޖަމާ ކުރެއްވުމާއި، ދީނީ ދަރުސްތައް ދެއްވުމުގައި އެ މަނިކުފާނަކީ މަގްބޫލު ބޭފުޅެކެވެ. ދަރުސްތައް ދެއްވުމަށް މާލޭގެ އިތުރުން ރާއްޖޭގެ އެކިއެކި ރަށްރަށަށް ދަތުރު ކުރެއްވި އެވެ. 
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް މާލޭގައި އުފެއްދެވި ތިން ބޭފުޅުންގެ ތެރޭގައި ވެސް އުސްމާން ހިމެނިވަޑައިގެންނަވަ އެވެ.
ޝެއިހް އުސްމާންގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް 2012 ވަނަ އަހަރު ސަރުކާރުން ވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދްމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ